މިހާރުކުރިއަށްދާ މިނިވަން ޗެމްޕިއަންޝިޕްގެ ފައިނަލް ބުރުގައި ބ. އޭދަފުއްޓާއި އއ. މާޅޮސް ބައްދަލުކުރި މެޗުން މާޅޮސް ބަލިވިޔަސް، ދިވެހި ޕްރިމިއަރ ލީގުން އެޓީމު ޖާގަހޯދައިފިއެވެ.
ހދ. ކުޅުދުއްފުށި ޒޯން ސްޓޭޑިއަމްގައި ކުރިއަށްދާ ގުރޫޕު އެކެއްގެ މެޗުގައި މާޅޮސް އާއި ކުޅުދުއްފުށި ބައްދަލުކުރި މެޗުން މާޅޮސް ބަލިވީ 3-2 ގެ ނަތީޖާއަކުންނެވެ. ގުރޫޕު ސުޓޭޖުގައި މާޅޮސް ވަނީ މިލަންދޫ ބަލިކޮށް އަދި ކުޅުދުއްފުއްޓާ އެއްވަރުކޮށް 4 ޕޮއިންޓް ހޯދާފައެވެ.
މި ގުރޫޕުން ސެމީއަށް ދަތުރުކުރާ އަނެއް ޓީމު އެނގޭނީ ކުޅުދުއްފުއްޓާ މިލަންދޫ މިއަދު ބައްދަލުކުރާ މެޗަށްފަހުއެވެ. މިމެޗުން އެއްވަރުވެއްޖެނަމަ އެއްވަނަ ޓީމުގެ ގޮތުގައި ސެމީއަށް ދާނީ މިލަންދޫ އެވެ.
ރާއްޖޭގެ އެންމެ ބޮޑު ލީގު ކަމަށްވާ ދިވެހި ޕްރިމިއަރ ލީގަށް މިހާތަނަށް ކޮލިފައިވެފައިވަނީ މާޒިޔާ، ނިއުރޭޑިއަންޓް، ކުޑަހުވަދޫ އަދި މާޅޮހެވެ.