އިންޓަރ ކޮލެޖު/ހައި ސްކޫލް ހޭންޑްބޯޅަ މުބާރާތް އިއްޔެ ފަށައިފި
އިންޓަރ ކޮލެޖު/ހައި ސްކޫލް ހޭންޑްބޯޅަ މުބާރާތުގެ ކުޅުން އިއްޔެ ފަށައިފިއެވެ.
ހޭންޑްބޯލް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބާއްވާމިއަހަރުގެ މުބާރާތުގައި އިއްޔެ ހަވީރު ކުޅުނު ފިރިހެން ބައިގެ ފުރަތަމަ މެޗުގައިއިސްލާމިކް ޔުނިވަރސިޓީ ވަނީ ސައިރެކްސް ކޮލެޖާއި ވާދަކޮށް ތަފާތު ބޮޑުނަތީޖާއަކުން މޮޅުވެފައެވެ. 23-02 ލަނޑުން ކާމިޔާބުކުރި މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވުނީ ސައިރެކްސް ކޮލެޖުގެޝައިހާން މުހައްމަދެވެ.
ދެ ވަނަ މެޗަކީއަންހެން ބައިގެ މެޗެކެވެ. މައި ކޮލެޖާއި ވިލާކޮލެޖު ބައްދަލުކުރި މި މެޗު 5-3 މައި ކޮލެޖު ކާމިޔާބުކުރި އިރު، މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށްހޮވުނީ މައި ކޮލެޖުގެ ހަލީމަތު ހަސްނާއެވެ.
އިއްޔެ ކުޅުނު ތިން ވަނަ މެޗަކީވެސް އަންހެންބައިގެ މެޗެކެވެ. މިމެޗުގައި ބައްދަލުކުރީ ވިލާ އިންޓަރނޭޝަނަލް ހައިސުކޫލާއި ސައިރެކްސް ކޮލެޖެވެ. މިމެޗް ނިމުނީ 5-5 އިން ދެޓީމް އެއްވަރުވެގެންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވުނީ ސައިރެކްސްކޮލެޖުގެ ދީމާ މުހައްމަދެވެ.
އިއްޔެ ކުޅުނު ފަހު މެޗުގައި ބައްދަލުކުރީ ފިރިހެން ބައިގެ އެވިޑް ކޮލެޖާއި ވިލާ ކޮލެކެވެ. މިމެޗް 22-7 އިން އެވިޑް ކޮލެޖު ކާމިޔާބުކުރި އިރު، މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވުނީޢަބްދުﷲ ޒިޔާއު އެވެ.
މިފަހަރުގެ މުބާރާތްވެސްކުރިއަށް ގެންދަނީ ފިރިހެން އަދި އަންހެން ވަކިން ނެވެ. މި މުބާރާތުގެފިރިހެން ބައި ކުރިއަށް ގެންދަނީ ކޮލެޖުތަކާއި ޔުނިވާސީޓިތައް އެއްޑިވިޝަނެއްގައި އަދި ހައި ސްކޫލްތައް ވަކި ޑިވިޝަނަކަށް ބަހާލައިގެން ނެވެ.
މިއަހަރުގެ މުބާރާތުގެ ފިރިހެންބައިގާ ވާދަކުރަނީ ކޮލެޖުބައިގައި އެވިޑް ކޮލެޖާއި ވިލާ ކޮލެޖާއި ސައިރިކްސް ކޮލެޖާއި މައި ކޮލެޖު އަދި އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް އެވެ. ފިރިހެން ހައި ސްކޫލް ބައިގައި ބައިވެރިވެފައިވަނީ ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލާއިއަލްމަދަރުސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާ އެވެ.
މި މުބާރާތުގެ އަންހެން ބައިގައި އިސްލާމިކް ޔުނިވަރސިޓީ އޮފްމޯލްޑިވްސް އާއި ސައިރިކްސް ކޮލެޖާއި މައި ކޮލެޖާއި ވިލާ ކޮލެޖާއި ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލް ބައިވެރިވެފައިވާ އިރު، މިމުބާރާތުގެ ފައިނަލް މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 19 ވަނަ ދުވަހު އެވެ.