އުރީދޫގެ ސުޕަރނެޓް ވިލުފުއްޓަށް ތައާރަފްކޮށްފި!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 29ސ
އުރީދޫގެ ސުޕަރނެޓް ވިލުފުއްޓަށް ތައާރަފްކޮށްފި!
ތ. ވިލުފުށީގައި އުރީދޫ އިން ސުޕަރނެޓް ތައާރަފް ކޮށްފިއެވެ. އެރަށުގައި އުރީދޫން ވަނީ ތިރީސް އެމްބީޕީއެސް އާއި ހަމައަށް ހަލުވި އިންޓަނެޓް ސްޕީޑު ފޯރުކޮށްދޭ ހާއްސަ ފައިބަރ ބްރޯޑްބޭންޑް ޕެކޭޖުތަކެއްވެސް ތައާރަފްކޮށްފައެވެ.

އުރީދޫގެ ސީއީއޯ، ނަޖީބް ޙާން ވިދާޅުވީ "އުރީދޫގެ ފައިބަރ ބްރޯޑްބޭންޑްގެ ޚިދުމަތް ވިލުފުއްޓަށް ތައާރަފްކޮށް، ހަލުވި ސްޕީޑުގެ ބްރޯޑްބޭންޑް ޚިދުމަތް މެދުވެރިކޮށް ހޯދޭ ގިނަ ފައިދާތަކާއި ވިލިފުށީގެ ރައްޔިތުން ގުޅުވާދެވުމަކީ، އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު އުފަލެއް. ދިވެހި ރައްޔިތުންނަށް އިޤްތިސޯދީ އަދި އިޖްތިމާއީ ކުރިއެރުން ހޯދައިދިނުމަށް އަޅުގަނޑުމެން ކުރަމުންދާ މިފަދަ މަސައްކަތްތަށް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައިވެސް ކުރަމުންދާނަން." ކަމަށެވެ.

ކަސްޓަމަރުންގެ ތަފާތު ބޭނުންތަކަށް އެކަށޭނެ ގޮތަށް ފަރުމާ ކުރެވިފައިވާ ހަލުވި ސްޕީޑުގެ އިންޓަނެޓް ޕެކޭޖްތަކެއް އުރީދޫ ސުޕަރނެޓްގެ ޚިދުމަތް ބޭނުން ކުރަށްވާ ބޭފުޅުންނަށް ލިބިގެންދެއެވެ. މިގޮތުން، ވިލުފުށީގެ ރައްޔިތުންނަށް، އެންމެ ހެޔޮއަގުގައި، 30 އެމްބީޕީއެސް އާއި ހަމައަށް އިންޓަނެޓް ސްޕީޑް މިހާރު ލިބިގެންދާނެއެވެ.

ކޮންމެ ބޭފުޅަކަށްވެސް، ހެޔޮއަގުގައި ހަލުވި ސްޕީޑްގެ ބްރޯޑްބޭންޑު ބޭނުން ކުރުމުގެ ފުރުސަތު ހޯދައިދިނުމަށް އުރީދޫ އިން ކުރާ މަސައްކަތުގެ ދަށުން، އެކުންފުނިންވަނީ ސެޓަޕް ފީ، ސެކިއުރިޓީ ޑިޕޮސިޓް، އެޑްވާންސްކޮށް ދައްކަންޖެހޭ މަހުފީ، އަދި ޙިދުމަތް އަލުން ގުޅާލަދިނުމުގެ ފީ ނުނަގާ ގޮތަށް ނިންމާފައެވެ.

www.ooredoo.mv/supernet އަތް ޒިޔާރަތް ކުރެއްވުުމުން، ނުވަތަ 929 އަށް ގުޅާލެއްވުމުން، އުރީދޫ ސުޕަރނެޓް އާއި ބެހޭގޮތުން އިތުރު މައުލޫމާތު ފަސޭހަކަމާއި އެކު ލިބިގެންދާނެއެވެ.
މިއަދު އޮންލައިން