ހަރުދަނާ އާއިލާއެއް ބޭނުންނަމަ ވެސް ނަރަކައިގެ އަލިފާން ކާންދިނުން ހުއްޓާލަން ޝައިޚް މަންޞޫރު ގޮވާލައްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
ހަރުދަނާ އާއިލާއެއް ބޭނުންނަމަ ވެސް ނަރަކައިގެ އަލިފާން ކާންދިނުން ހުއްޓާލަން ޝައިޚް މަންޞޫރު ގޮވާލައްވައިފި
އަޅުގަނޑުމެންގެ ޢާއިލާތަކަކީ ރަނގަޅު، ހަރުދަނާ ޢާއިލާތަކަކަށް ހަދަން ބޭނުންނަމަ ވެސް އަނބިދަރިންނަށް ނަރަކައިގެ އަލިފާން ކާންދިނުން ހުއްޓާލަން އައްޝައިޚް މުޙައްމަދު މަންޞޫރު ގޮވާލައްވައިފިއެވެ.

ވިޔަފާރިވެރިންގެ މިސްކިތުގައި މިއަދުގެ ޢަޞްޜު ނަމާދަށްފަހު ދަރުސް ދެއްވަމުން ޝައިޚް މަންޞޫރު ވިދާޅުވީ ވައްކަމާއި ޚިޔާނާތާއި އެނޫންވެސް ގޮތް ގޮތުން ހޯދާ ފައިސާއަކީ އަލިފާނުގެ ފައިސާކަން ރަނގަޅަށް އެނގޭ ކަމަށެވެ. އެ ފައިސާ ބޭނުންކުރުމަކީ އަޅުގަނޑުމެން އަމިއްލައަށް ނަރަކައިން ހުޅުވާ ދޮރުތަކެއް ކަމަށެވެ. އެފައިސާތައް ވެގެންދާނީ ނަރަކައިގައި އެމީހަކު އަންދާނެ ދަރުތަކަކަށް ކަމަށެވެ.

ޝައިޚް މަންޞޫރު ވިދާޅުވީ އެ ފައިސާ އަޅުގަނޑުމެން ބޭނުން ކުރުމަކީ ނަރަކައިން ވަނުމަށް އަޅުގަނޑުމެން އަމިއްލައަށް ހުޅުވާ ދޮރުތަކެއް ކަމަށެވެ. އަދި އެފަދަ ފައިސާ ބޭނުންކޮށް އަނބިދަރީންނަށް ކާންދިނުމުން އަނިބީމީހާ އާއި ލިބޭ ދަރިން ރަނގަޅު ނުވާނެ ކަމަށެވެ. އަނބި ދަރިން ދާނީ ގޯސްވަމުން ކަމަށެވެ.

ޝައިޚް މަންޞޫރު ވިދާޅުވީ ކިތަންމެ ގިނަ ފައިސާތަކެއް ޖަމާކޮށްފައި ބެހެއްޓި ނަމަވެސް ދުނިޔެ ދޫކޮށް މަރުވެގެންދާންޖެހޭނީ އެއްކޮށްފައި ހުރި ހުރިހާ ފައިސާ ތަކެއް ދޫކޮށްފައި ކަމަށެވެ. އެއިން އެއްވެސް ފައިދާއެއް އާޚިރަތުގައި ކުރާނީ އެއިން މާތް ﷲ ގެ މަގުގައި ހޭދަކޮށްފައިވާނަމަ ކަމަށެވެ.

ޝައިޚް މަންޞޫރު ވިދާޅުވީ އާޚީރަތް އެދޭނަމަ އެމީހާ ދުނިޔޭގައި އުޅެންޖެހޭނީ ދުނިޔަވީ އެދުންތައް ދޫކޮށް މާތް ﷲ އެންގެވި ގޮތުގައިކަމަށެވެ.

އެހެން މީހުންނަށް ހިތްހެޔޮކޮށް ރަނގަޅު އަޚްލާޤެއްގެމަތީގައި ކަމަށެވެ. ހަލާލު ގޮތުގައި ހޯދާ މުދަލާއި ފައިސާ ބޭނުންކޮށްގެން ކަމަށެވެ. މާތް ﷲ އަށް ފުރިހަމައަށް ބިރުވެތިވެގެން ކަމަށެވެ. ސުވަރުގެ ލިބޭނީ އެގޮތުގައި ދުނިޔޭގައި އުޅޭ މީހުންނަށްކަން ކީރިތި ޤްރްއާނުގެ އާޔަތްތަކުން އެނގެން އެބައޮތް ކަމަށެވެ.
މިއަދު އޮންލައިން