މުުސްލިމުންގެ 3 ވަނަ އަށް އެންމެ މުޤައްދިސް ބިނާ، މަސްޖިދުލްއަޤްޞާގައި އިއްޔެ ހުކުރު ނަމާދު ކުރުން މަނާކޮށް މުފްތީ ޝައިޚް މުޙައްމަދު ޙުސައިން ބަންދުކުރީ ޔަހޫދީންގެ ހީލަތްތެރި ރޭވުމަކުން އަމިއްލައަށް ޔަހޫދީންގެ ސިފައިގެ ތެރެއަށް ބަޑިޖެހުމަށްފަހުގައެވެ.
އެމީހަކު މަސްޖިދުލްއަޤްޞާގެ ގޯތިތެރޭގައި ހުރެގެން ބަޑިޖެހުމުން ޔަހޫދީ ސިފައިންގެ 2 މީހަކު ޒަޚަމްވި ކަމަށްބުނާއިރު މިއަދުގެ މި ވަގުތާއި ހަމައަށްވެސް އެކަން ކުރި މީހަކު ޔަހޫދީ ސިފައިންނަށް ދެއްކިފައެއް ނުވެއެވެ.
ޔަހޫދީ ސިފައިން ފުރިހަމައަށް ސެކިޔުރިޓީ ބަލަހައްޓަމުންދާ ސަރަހައްދެއްގައި އެފަދަ ކަމެއް ކުރި މީހަކު ނުއެނގޭކަމަށް ބުނުމުން އިންބާފަށް ލޯބިކުރާ ހަމައެކަކުވެސް އެކަން ޤަބޫލެއް ނުކުރާނެއެވެ.
މިމައްސަލައިގައި ޔަހޫދީންގެ ހީލަތްތެރި ބަޔާންތައް ފަހުން ކޮންމެ ގޮތަކަށް ނެރުނު ނަމަވެސް މި ކަމަކީ މަސްޖިދުލްއަޤްޞާ ހުރި ސަރަހައްދު ބަލަހައްޓަން އދގެ ސިފައިންނާއި ހަވާކުރަން ޔުނެސްކޯއިން ނިންމައި އެކަމަށް މަސައްކަތްކުރާތީ އެކަމަށް ހުރަސް އެޅުމަށް ކުރި ަކމެއްކަން ބުއްދި ސަލާމަތުން ތިބި އެންމެންވެސް ޤަބޫލުކުރެއެވެ.
އިޒްރޭލުން މަސައްކަތްކުރަމުން ގެންދަނީ މަސްޖިދުލްއަޤްޞާއަކީ ޓެރަރިސްޓުންގެ ހާއްޔެއްގެ ގޮތުގައި ދުނިޔެއަށް ދައްކައި އެތަން ތަޅައި ބިމާއި ހަމަކޮށްލާނެ ޙުއްޖަތްތަކެއް ހޯދުމަށެވެ. މިމަސައްކަތްތަކަށް އެމެރިކާގެ ރައީސް ޓްރަމްޕު ގެންދަނީ ހަތަރެސްފައިން ތާއީދުކުރަމުންނެވެ.
އިއްޔެ މަސްޖިދުލްއަޤްޞާގައި ހިންގި ހަމަނުޖެހުންތަކުގައި ފަލަސްޠީނުގެ 3 މީހަކު ވަނީ ޝަހީދުވެފައެވެ.