އިއްޔެގެ ހުކުރު ވަގުތާއި ދިމާކޮށް މަސްޖިދުލްއަޤްޞާ ބަންދުކޮށް އެތަނުގައި ހުކުރު ނަމާދު ނުކުރެވޭގޮތަށް ޔަހޫދީ ސިފައިން ހަމަޖެއްސުމުން އެތައް ހާސް ބައަކު ހުކުރު ނަމާދުކުރީ މަގުމަތީގައެވެ.
ގަދަ ހޫނުގައި މަގުމަތީގައި ހުކުރުކުރަން ތިބި އިރުވެސް ޔަހޫދީ ސިފައިން ގެންދިއައީ ވަށައިގެން ތިބެ ބިރު ދައްކަމުންނެވެ. ނަމަވެސް މުސްލިމުންނަކީ ޔަހޫދީން ނުވަތަ އެނޫން ބައަކު ނަމަވެސް ދައްކާ ބިރަށް ފަްސޖެހޭނެ ބައަކަށް ނުވާތީ އެމީހުން ވަނީ މަގުމަތީގައި ހުކުރު ނަމާދު ފުރިހަމަކޮށްފައެވެ.
ހުކުރު ނަމާދު ނިމުމާއިއެކު ޝައިޚް މުފްތީ މުޙައްމަދު ޙުސައިން އަނިޔާވެރި ގޮތަކަށް ހައްޔަރުކޮށް ގޮތް ނުއެނގޭ ތަނަކަށް ގެންދިއައެެވެ. ނަަމަވެސް ފަހުން ވަނީ ރަހުނުގެ ގޮތުގައި 2،800 ޑޮލަރު އަތުލުމަށްފަހު މިނިވަންކޮށްފައެވެ.
މިކަމުންވެސް އެނގިގެންދަނީ މަސްޖިދުލްއަޤްޞާގައި ހުކުރު ނުކުރެވޭ ގޮތަށް އިއްޔެ ޙަރަމްފުޅު ބަންދުކުރީ މައްސަލަތަކެއް އުފައްދަންކަމެވެ. އެހެން ނޫންނަމަ މަޝްޖިދުލްއަޤޞާ ބަންދުކުރުމުން މާ ދުރު ސަރަހެއްދައި ހުކރުކުރުމަށް ހުރަސްއަޅައި މުފްތީ ބަންދުކުރާކަށް ނުޖެހެއެވެ.