މި އުމްމަތުގައި ބިނާ ކުރެވުނު އެންމެ ފުރަތަމަ މިސްކިތް- ޤުބާ މިސްކިތް

ކިޔުމަށް ހޭދަވާނީ 2މ 20ސ
މި އުމްމަތުގައި ބިނާ ކުރެވުނު އެންމެ ފުރަތަމަ މިސްކިތް- ޤުބާ މިސްކިތް

ޤުބާ މިސްކިތަކީ މި އުމްމަތުގައި ބިނާ ކުރެވުނު އެންމެ ފުރަތަމަ މިސްކިތެވެ. މިމިސްކިތް އެންމެ ފުރަތަމަ ބިނާ ކޮށްދެއްވީ އަޅުގަނޑުމެންގެ މާތް ނަބިއްޔާ މުޙައްމަދު (ﷺ) އެވެ. ޤުބާ މިސްކިތަކީ އިސްލާމީ ތާރީޚުގެ ތެރެއިން ހިމެނިގެންވާ މުހިންމު އެއް ބިނާވެސް މެއެެވެ.

ޤުބާ މިސްކިތް ބިނާ ކުރައްވާފައިވަނީ މަދީނާ، ސައުދީ އަރަބިއާ، ގައެވެ. މިމިސްކިތަށް "ދުނިޔޭގެ އެންމެ ދުވަސްވީ މިސްކިތް" ގެ ލަޤަބުވެސް ދެވިފައިވެއެވެ. މާތް ނަބިއްޔާ (ﷺ) މައްކާ އިން މަދީނާއަށް ޙިޖުރަ ކުރެއްވި ދަތުރުފުޅުގައި، ޤުބާ މިސްކިތުގެ ފުރަތަމަ ބިންގާތަށް އަޅުއްވާ ގައުތަށްޖަހާދެއްވާފައިވެއެވެ. މިސްކިތް އިތުރަށް އިމާރާތް ކޮށްދެއްވީ އެކަލޭގެފާނުގެ އަސްޙާބު ބޭކަލުންނެވެ.

އިސްލާމީ ތާރީޚުން މަޢުލޫމާތު ލިބިފައިވާ ގޮތުގައި ރަސޫލާ (ﷺ) މިމިސްކިތުގައި 14 ދުވަސް ހޭދަ ކުރެއްވިއެވެ. އަދި ޢަލީ ރަޟިޢަﷲ އަންޙު އަށް ހަވާލު ކުރެވުނު މަސައްކަތްތަށް ނިންމަވާލައްވާ، އެނބުރި މަދީނާއަށް ވަޑައިގަންނަވަންދެން އެކަލޭގެފާނަށް އިންތިޒާރު ކުރެއްވި އިރު، ކުރު ނަމާދެއް (ޤަސްރު ނަމާދު) ވެސް ކުރެއްވިއެވެ.

ސަޙްލް އިބްން ހަނީފް ރިވާ ކުރައްވާފައިވާ ގޮތުގައި، މާތް ނަބިއްޔާ މުޙައްމަދު (ﷺ) ޙަދީޘް ކުރެއްވިއެވެ "ޤުބާ މިސްކިތަށް ވަންނަވާ ނަމާދެއް ކޮށްފި މީހާ ދަންނާށެވެ. އެމީހަކަށް ޢުމްރާއެއް ކުރެވުނު ފަދައެވެ."

ސަޙީޙް އަލް-ބުޚާރީ ގެ ވޮލިއުމް 2 ގެ 21 ވަނަ ފޮތުގެ 284 ވަނަ ޙަދީޘްގައިވެއެވެ. މާތް ނަބިއްޔާ މުޙައްމަދު (ﷺ) ކޮންމެ ހޮނިހިރު ދުވަހަކު ޤުބާ މިސްކިތަށް ޒިޔާރަތް ކުރައްވިއެވެ. އެއީ ފައިމަގުން ނުވަތަ ޖަމަލެއްގައެވެ. ޤުބާ މިސްކިތަށް ޒިޔާރަތް ކުރެއްވުމަށްފަހު ދެ ރަކްޢަތް ނަމާދެއްވެސް އެތަނުގައި އަދާ ކުރެއްވިއެވެ.

ޤުބާ މިސްކިތް ބޮޑުކޮށް، އިތުރަށް އިމާރާތް ކުރުމުގެ މަސައްކަތް 20 ވަނަ ޤަރުނުގެ ތެރޭގައި ޢަބްދުލް ވާޙިދް އަލް-ވަކީލް އާއި ހަވާލު ކުރެވުނެވެ. އޭނާ ބޭނުންވީ އެމިސްކިތް ހަމަ ކުރިން ހުރި ފަދައިން ފަރުމާކޮށް އިމާރާތް ކުރުމަށެވެ. ނަމަވެސް އެއިރު ޤުބާ މިސްކިތުގެ ބޮޑުބައެއް ވީރާނާ ވެގެން ދިޔުމުގެ ސަބަބުން، އޭނާ މިމިސްކިތް އަލުން އިމާރާތް ކުރީ އައު ގޮތަކަށެވެ.

މިމިސްކިތް އަލުން އިމާރާތް ކުރުމުގެ މަސައްކަތް އެތައް ފަހަރެއް މަތިން ކޮށްފައިވާއިރު، އެންމެ ފުރަތަމަ އެމަސައްކަތް ކުރެއްވީ އުޘްމާން ބިން އައްފާން (ރަޟިއަﷲ އަންޙު) އެވެ. އެއަށްފަހު އުމަރް (ރަޟިއަﷲ އަހު) މިމިސްކިތުގެ މުންނާރުތަށް އަލުން ބިނާ ކޮށްދެއްވިއެވެ.

ޤުބާ މިސްކިތުގައި މިހާރު ޖުމްލަ ހަތަރު މުންނާރާއި 56 ގުއްބު ހިމެނެއެވެ. އެގުއްބުތަށް ހުންނަނީ، މިސްކިތުގެ އިމާމުން ދިރިއުޅޭ ތަނާއި ގުޅުވާލައިފައެވެ. މިސްކިތުގެ އެތެރޭގައި ކުތުބުޚާނާއަކާއި ކުޑަ ޝޮޕިންގ ސެންޓަރެއްވެސް އެކުލަވާލައިފާ ވެއެވެ.

މިއަދު އޮންލައިން