200 ސިފައިންނާއެކު މަސްޖިދުލްއަޤްޞާ ހުޅުވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 36ސ
200 ސިފައިންނާއެކު މަސްޖިދުލްއަޤްޞާ ހުޅުވައިފި
ޔަހޫދީ ހަޑިމުޑުދާރު 200 ސިފައިންނާއިއެކު މަސްޖިދުލްއަޤްޞާ ހުޅުވައިފިއެވެ.

މިއަދު ހުޅުވާފައިވާ 7 ދޮރާށިކޮޅުގެ ތެރެިއން 2 ދޮރާށިކޮޅެވެ. ދޮރާށިކޮޅު ހުޅުވައި ފުރަތަމަ އެތެރެއަށް ވަނީ 200 ސިފައިންނެވެ. ޢާންމުންނަށް ދޮރާށިކޮޅުތަކުން ވަދެވެނީ މެޓަލް ޑިޓެކްޓަރުން ޗެކުކުރުމަށްފަހުގައެވެ.

ހުކުރު ދުވަހު މަސްޖިދުލްއަޤްޞާ ބަންދުކުރީ އެތަނުގެ ގޯތިތެރޭގައި ހުރި މީހަކު ޔަހޫދި ފުލުހުންގެ ގައަށް ބަޑިޖެހުމާއި ގުޅިގެންނެވެ. ބަޑި ޖެހީ ފަލަސްޠީނުގެ ރައްޔިތެއްކަން އަދި މުސްލިމެއްކަން އަދިވެސް އެނގިފައެއް ނުވެއެވެ.

މަސްޖިދުލްއަޤްޞާގެ ސަރަހައްދަށް ޔަހޫދީންނާއި އެހެން ދީންތަކުގެ މީހުންނަށް ވަދެވޭނެ ގޮތް މިހާރު ހަމަޖައްސާފައިވުމާއިއެކު މިއީ ޔަހޫދީ ސަރުކާރުން ރާވައި ހިންގަމުން ގެންދާ ޖަރީމާތަކެއްކަން ވަނީ ކަށަވަރުކުރެވިފައެވެ.
މިއަދު އޮންލައިން