ތުއްތުއިރު ޖެހުނު އިންފެކްޝަން އެއްގެ ސަބަބުން ޒިއޮން އަށް ވަނީ އޭނާގެ ދެއަތާއި ދެފައި ގެއްލިފައެވެ. ބޮޑުވަމުން އައިއިރު، އެކަމުގެ ސަބަބުން ނުހަނު ގިނަ ދަތިތަކަކާއި ކުރިމަތިލާން ޖެހުން ކަމުގައި ވިޔަސް ޒިއޮންގެ ހިތްވަރުގަދަކަން ކުޑައެއް ނުވެއެވެ. އުމުރުން އަށް އަހަރުގައި ވެސް އޭނާ އެހާމެ ހަލަނިއެވެ. އަދި އޭނާއަކީ ވަރަށް ވެސް އުފާވެރި ކުއްޖެކެވެ.
ނަމަވެސް މިދިޔަ އަހަރުގެ ތެރޭގައި، ޗިލްޑްރެންސް ހޮސްޕިޓަލް އޮފް ފިލަޑެލްފިޔާ ގައި ކުރެވުނު ވަރަށް ވެސް ކާމިޔާބު އޮޕަރޭޝަނަކަށް ފަހު، އައު ދެއަތްތިލަ ޒިއޮންގެ ގުޅުވާފައިވެއެވެ.އެފަދަ ބޮޑު އޮޕަރޭޝަނަކަށް ފަހު، އެދުވަސްކޮޅު ޒިއޮން ގެ ގައިން ވަރަށް ބޮޑަށް ވަރުދޫވިއެވެ. ނަމަވެސް އެއަޒުމަކަށް އެއްވެސް ބަދަލެއް ނާދެއެވެ.
މިހާރު އޭނާއަށް އެއްޗެހި ކެފެެއެވެ. އަދިކުލަވެސް ޖެއްސެއެވެ.ކުރިން އެކަންތައްތަށް ނުކުރެވުމުން ކޮންމެވެސް ވަރަކަށް މާޔޫސްވި ކަމަށް ޒިއޮން އެއްބަސްވިއެވެ. ނަމަވެސް އޭނާ ބުނިގޮތުގައި އައު ދެއަތް ޖެހުމުން އޭނާއަށް ލިބުނު އެންމެ ބޮޑު އުފަލަކީ މިހާރު އޭނާގެ މަންމަގެ އަތުގައި ހިފެވުމެވެ.
"އެންމެ ބޮޑަށް އުފާވަނީ މަންމަގެ އަތުގައި ހިފޭތީ. މަންމަގެ އަތްތިލަ އިޙުސާސް ކުރެވޭތީ ވަރަށް އުފާވޭ." ޒިއޮން އޭނާގެ އިޙްސާސްތައް ކިޔާދިނެވެ.
އަލަށް ލިބުނު ދެއަތްތިލަ ފުރިހަމައަށް ބޭނުން ކުރަން ދަސްކުރުމަށް، ޒިއޮން މިހާރުވެސް ދަނީ އެކި ކަހަލަ އަތުގެ ކަސްރަތުތަކާއި ސިކުނޑީގެ ކަސްރަތުތަށް ކުރަމުންނެވެ.