"ފީލްޑް މެތަމެޓިކްސް" އިން އެންމެ ފުރަތަމަ މެޑަލް ހޯދި، އަދި ސްޓޭންފޯޑް ޔުނިވަރސިޓީ ގެ ޕްރޮފެސަރ މަރިޔަމް މިރްޒާޚާނީ ކެންސަރު ބަލީގައިނިޔާވެއްޖެއެވެ.
އިރާންގެ ތެހްރާން އަށް އުފަން މަރިޔަމް މިރްޒާޚާނީ ނިޔާވީ އުމުރުން 40 އަހަރުގައެވެ. ނިޔާވީ އުރަމަތީގެ ކެންސަރު ޖެހިގެން މިހިނގާ ޖުލައި މަހުގެ 16 ވަނަ ދުވަހުއެވެ. އޭނާ ނިޔާވިކަން ސްޓޭންފޯޑް ޔުނިވަރސިޓީ އިން ވަނީ ކަށަވަރު ކޮށްދީފައެވެ.
ފީލްޑްސް އިން މެތެމެޓިކްސް އިން މިރްޒާޚާނީ އަށް މެޑަލް ލިބުނީ 2014 ވަނަ އަހަރުއެވެ. މިމެޑަލަކީ ނޯބެލް ޕީސް ޕްރައިޒް އާއި އެއްފަދަ އެވާރޑެކެވެ.
މިރްޒާޚާނީ އަށް އެމެޑަލް ލިބުން ވެގެން ދިޔައީ އިރާންގެ ހުރިހާރައްޔިތުންނަށް އަދި ހުރިހާ މުސްލިމުންނަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ. އަދި ހަމަ އެފަދައިން، އޭނާގެ މަރުގެ ޚަބަރު ވެގެން ދިޔައީ އިރާންގެ ހުރިހާ ރައްޔިތުންނަށް ވެސް ލިބުނު ވަރަށް ބޮޑު ހިތާމައަކަށެވެ.