އަންހެނުންގެ ފުޓްސަލް މުބާރާތުގެ ފައިނަލަށް ސިފައިންނާއި އެމްޕީއެލް
އެފްއޭއެމް އަންހެނުންގެ ފުޓްސަލް މުބާރާތުގެ ފައިނަލަށް އެމްޕީއެލް އާއި ދިވެހި ސިފައިންގެ ކްލަބް ދަތުރުކޮށްފިއެވެ.
އެމްޕީއެލް އިން ޖާގަ ހޯދީ ސެމީފައިނަލުގައި އައްޑޫއަތޮޅަށް ނިސްބަތްވާ އަވަ އެފްޓީއާއި ބައްދަލުކޮށް 1-0 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްގެންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އެމްޕީއެލްގެޖާރޒީ ނަމްބަރ 6 ފާތިމަތު ސަމިއްޔާއެވެ.
ފައިނަލުގެ ދެވަނަ ޖާގް ދިވެހި ސިފައިންގެ ކުލަބުން ހޯދީ ސެމީ ފައިނަލުގައި ޓީރެކްސްއާބައްދަލުކޮށް 3-1 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކީސިފައިން ޓީމުގެ ޖާރޒީ ނަމްބަރު 8 މަރިޔަމް ރިފާއެވެ.