އަނިލްކަޕޫރުގެ އަންހެނުން އެއްގޮތަކަށްވެސް ބަދިގެއަށްވަދެ ނުކައްކާކަން އިނގޭތަ؟

ކިޔުމަށް ހޭދަވާނީ 1މ 25ސ
އަނިލްކަޕޫރުގެ އަންހެނުން އެއްގޮތަކަށްވެސް ބަދިގެއަށްވަދެ ނުކައްކާކަން އިނގޭތަ؟
އަނިލް ކަޕޫރޭ ބުނުމުން އެއީ ކާކުކަން ވަރަށް ގިނަ ބަޔަކަށް އިނގޭނެއެވެ. އޭނާ ވަނީ ގިނަބައެއްގެ މަޤުބޫލުކަން ހޯދާފައެވެ. އެކްޓު ކުރުމުންނާއި ނެށުމުންނެވެ.

ނަމަވެސް ދައްކަން މިއުޅެނީ އަނިލް ކަޕޫރުގެ ވާހަކައެއް ނޫނެވެ. އޭނާގެ އަންހެނުން ސުނީތާ ކަޕޫރުގެ ވާހަކައެވެ. މިކަން ޢާންމުންނާއި ހަމައަށް ގެނެސްދިނީވެސް އަނިލްއެވެ.

ދަ ކަޕިލް ޝަރުމާ ޝޯވގައި ކަޕިލް ކުރި ސުވާލަކުން އެންމެންނަށް ކުރިމަތިވީ ހައިރާން ކަމެކެވެ. ކަޕިލް ކުރި ސުވާލަކީ "އަނިލްގެ އަންހެނުން ކައްކާ އެއްޗެހިން އަނިލްއަށް އެންމެ މީރީ ކޮންއެއްޗެއްތޯ؟" އެވެ.
ޖަވާބު ވަރަށް ސާދާވެފައި ކުރެވެ. "އަހަރެންގެ އަންހެނުންނަކީ ބަދިގެއަށް ވަދެ ކައްކާ މީހެއްނޫން" އަނިލް ބުންޏެވެ.

އަނިލް ބުނީ އޭނާ ކައިވެނި ކުރީވެސް އެގޮތަށް އެއްބަސްވެގެން ކަމަށެވެ. އަދި އިންނަން އެހުމުން އޭނާ (ސުނީތާ) ބަދިގެއަށް ވަންނަން ބޭނުންނުވާ ކަމަށާއި އެހެންވެ ކައިވެނުކުރުން ލަސްކުރަންވެސް ޖެހުނު ކަމަށެވެ.

"ސުނީތާގެ ހަމައެކަނި ޝަރުތަކީ އޭނާ ބަދިގެއަށް ނުވެއްދުން. އެހެންވެ، ކައިވެނި ޖެހުނީ ލަސްކުރަން. އަހަރެން ކައިވެނިކުރީ ސުނީތާ ބަދިގެއަށް ނުވައްދާ ގެންގުޅެވޭވަރަށް ފައިސާ ހޯދާފަ" ހިނިގަނޑެއް ޖަހާލަމުން މަޖާ މިޒާޖެއްގެ ވެރި އަނިލް ކަޕޫރު ބުންޏެވެ.

އެ ދެމީހުންގެ ކައިވެންޏަށް 33 އަހަރުވެފައިވާ އިރު، 3 ކުދިންވަނީ ލިބިފައެވެ. އެއީ ސޯނަމް ކަޕޫރާއި ރިއާ ކަޕޫރާއި ހަޝްވަރްދަން ކަޕޫރެވެ.

އެކްޓަރ، ޕްރޮޑިއުސަރ އަދި ޑައިރެކްޓަރ އަނިލް ކަޕޫރު ކުޅެފައިވާ މަޝްހޫރު ބައެއް ފިލްމުތަކުގެ ތެރޭގައި މިސްޓަރ އިންޑިއާ، ޖުދާއީ، ރާމްލަކަން ފަދަ ފިލްމުތައް ހިމެނެއެވެ. އަދި ހޮލީވުޑުގެ ބައެއް ސީރީސްތަކުގައިވެސް ވަނީ ހަރަކާތްތެރިވެފައެވެ.

މިއަދު އޮންލައިން