މަސްޖިދުލްއަޤްޞާ އާ ފަލަސްޠީނުގެ މައްސަލައިގަ ދުނިޔެއާ ގުޅިގެން ހައްލު ހޯދަން ސައުދީ ޝޫރާ މަޖިލީހުން ގޮވާލައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 59ސ
މަސްޖިދުލްއަޤްޞާ އާ ފަލަސްޠީނުގެ މައްސަލައިގަ ދުނިޔެއާ ގުޅިގެން ހައްލު ހޯދަން ސައުދީ ޝޫރާ މަޖިލީހުން ގޮވާލައިފި
މުސްލިމުންގެ 3 ވަނަ ޙަރަމްފުޅު، މަސްޖިދުލްއަޤްޞާ އާއި ފަލަސްޠީނުގެ މައްސަލައިގައި ހައްލު ހޯދަން ދުނިޔެއާއި ގުޅިގެން މަސައްކަތްތައް ބާރަށް ކުރިއަށް ގެންދަން ސައުދީ ޝޫރާ މަޖިލީހުން ޢަރަބި ޤައުމުތަކަށް ގޮވާލައިފިއެވެ.

ޝޫރާ މަޖިލީހުގެ 47 ވަނަ ޢާންމުބައްދަލުވުމުގައި ނެރުނު ބަޔާނުގައި ބުނެފައިވަނީ މަސްޖިދުލްއަޤްޞާގެ ޙުރުމަތް ކަނޑައި އެތަނަށް ހިތުހުރިގޮތެއް ހަދައި ޔަހޫދީން ބޭނުންވާހައި ގޮތަކަށް ކަންތައްތައް ކުރަމުން ގެންދާއިރު ބަލަން މަޑުން ތިބެގެން ނުވާނެ ކަމަށެވެ. އަދި ފަލަސްޠީނުގެ ރައްޔިތުންގެ ހިމާޔަތުގައި މަސައްކަތްކުރުމުގައިވެސް ފަސްޖެހިގެން ނުވާނެ ކަމަށެވެ.

ޝޫރާ މަޖިލީހުން ބުނެފައިވަނީ މަސްޖިދުލްއަޤްޞާ ބަންދުކޮށް އެތަނުގައި ނަމާދުކުރުން ހުއްޓުވުމުގެ އެއްވެސް ހައްޤެއް އެއްވެސް ބައަކަށް ނުއޮންނާނެ ކަމަށެވެ. އަދި އެފަދަ ކަންކަން ހުއްޓުވުމުގެ ބާރު މުސްލިމުންނަށް ހޯދެންޖެހޭނެ ކަމަށެވެ.

ޝޫރާ މަޖިލީހުން ބުނެފައިވަނީ މި މައްސަލަތައް ހައްލުކުރުމަށްޓަކައި އަރަބި އަދި އިސްލާމީ ޤައުމުތަކުން ގިނަ ކަންތައްތަކެއް ކުރަންޖެހޭ ކަމަށާއި ޤައުމުތަކުގެ ރައްޔިތުންގެ މަޖިލީސްތަކުންވެސް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ.
މިއަދު އޮންލައިން