ބަނޑާ ފައިގެ ބޮޑުބައެއް ދައްކައިގެން މަގުމަތީގަ އުޅުނު އަންހެނެއްގެ މައްސަލަ ނުބެލުމުން ގިނަ ބައަކު ރަތަށް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 47ސ
ބަނޑާ ފައިގެ ބޮޑުބައެއް ދައްކައިގެން މަގުމަތީގަ އުޅުނު އަންހެނެއްގެ މައްސަލަ ނުބެލުމުން ގިނަ ބައަކު ރަތަށް
ސައުދިއަރަބިޔާގެ ޢާންމު ތަންތަނުގައި ބަނޑުން ބައަކާއި ފައިގެ ބޮޑު ބައެއް ހާމައަށް ދައްކައިގެން އުޅުނު ޒުވާން އަންހެންކުއްޖާގެ މައްސަލަ ނުބަލައި ދޫކޮށްލީ ކަމަށް ބުނެ ގިނަ ބައަކު ރުޅިގަދަވެއްޖެއެވެ.

އޭނާ މަގުމަތީގައި އުޅުނު ވީޑިއޯ ސޯޝަލް މީޑިއާގައި ހާމަވުމުން ފުލުހުން އޭނާ ހޯދައި ތަޙްޤީޤަށް ގެންދިއަ ނަމަވެސް ފަހުން ވަނީ އެއީ ކުށެއް ކަމަށް ކަނޑަނުއަޅައި މިނިވަންކޮށްފައެވެ. ފުލުހުން ބުނީ އޭނާގެ ބަޔާންތައް ނަގާފައިވާ ކަމަށާއި އޭނާ ބުނެފައިވަނީ ވީޑިއޯ ހާމަކޮށްފައިވަނީ އޭނާއަށް އެނގުމަކާއި ނުލައި ކަމަށް އޭނާ ބުނެފައިވާ ކަމަށެވެ.

ސައުދިއަރަބިޔާގައި ހާމަ ތަންތަނުގައި އަންހެނުން އުޅޭއިރު ހެދުން ބަހައްޓަންޖެހޭ މިންގަނޑުތަކެއް ވަނީ ކަނޑައަޅައިފައެވެ. އެހެންކަމުން މިއަންހެން ކުއްޖާގެ މައްސަލައިގައި އަމަލުކުރި ގޮތުން ގިނަ ބައަކު ގެންދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.

ފުލުހުންގެ ތަޙްޤީޤަށް އޭނާ ގެންދިއުމުން ހުޅަނގުގެ މީޑިއާތަކުން ވަނީ އެކަމަށް ވަރަށް ފާޑުކިޔައިފައެވެ.

ގުޅުންހުރި ވީޑިއޯ:
މިއަދު އޮންލައިން