އަނބިންނަށް ޚަރަދު ނުދޭތީ ދޭންޖެހޭ ފައިސާ އިތުރުކޮށް 3652 މީހަކަށް ފައިސާ ދައްކަން އަންގައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 39ސ
އަނބިންނަށް ޚަރަދު ނުދޭތީ ދޭންޖެހޭ ފައިސާ އިތުރުކޮށް 3652 މީހަކަށް ފައިސާ ދައްކަން އަންގައިފި
ވަރިކުރުމުން އަނބިންނަށާއި ދަރިނނަށް ކޯޓުން ޚަރަދު ލައްވައިދިނުމުން އެފައިސާ ޤަވާއިދުން ނުދައްކާތީ ދައްކަންޖެހޭ ފައިސާ އިތުރުކޮށް ސައުދިއަރަބިޔާގެ 3652 ފިރިހެނަކަށް އެމީހުން ވަރިކުރި އަނބިންނަށާއި ދަރިންނަށް ފައިސާ ދައްކަން ސައުދީގެ ކޯޓުތަކުން އަންގައިފިއެވެ.

މިއެންމެންގެ މައްޗަށް އަމުރުކޮށްފައިވަނީ މިއަހަރުތެރޭގައެވެ. ކޯޓުން މިއެންމެންނަށްވެސް އަންގާފައިވަނީ ކޯޓުން ދީފައިވާ މުއްދަތުގެ ތެރޭގައި ފައިސާ ނުދައްކައިފިނަމަ ޤާނޫނާއި އެއްގޮތަށް ޖަލުގައި ބަންދުކުރާނެ ކަމަށެވެ.

އަނބިންނަށާއި ދަރިންނަށް ޚަރަދުނުކުރާނަމަ ޚަރަދު ނުކުރާ މިންވަރަށް ބަލައި 7 އަހަރާއި ހަމައަށް ޖަލުގައި ބަންދުކުރުން ސައުދީ ޤާނޫނުތައް ހުއްދަކުރެއެވެ.

ޚަރަދު ނުދޭ ފަރާތްތަކާއިމެދު މިފަދަ ހަރުކަށި ފިޔަވަޅުތައް ސައުދިއަރަބިޔާގައި އަޅަމުން ގެންދަނީ ކައިވެނި ރޫޅުމުން އަންހެނުންނަށާއި ދަރިންނަށް ލިބޭ ނިކަމެތިކަން ކުޑަކުރުމަށެވެ.
މިއަދު އޮންލައިން