އެމިރޭޓްސް ފްލީޓްގައި ހިމެނޭ ދުނިޔޭގެ އެންމެ ބޮޑު އޭ 380 ފްލައިޓަކާއި ސީޝެލްސްގެ އޭ 330 ގެ ފްލައިޓެއް ޖައްވުގައި އެކްސިޑެންޓް ނުވެ ސަލާމަތްވީ ހަމަކިރިޔާއެވެ.
މިހާދިސާ ހިނގާފައިވަނީ މޮރިޝަސްއަށް ޖައްސަންވެގެން އޭ 380 ތިރިކުރަމުންދަނިކޮށް މަހޭ އިން ފުރައިގެން އޭ033 މައްޗަށް އަރަނިކޮށެވެ.
ދެ ފްލައިޓްގައިވެސް އެތައް ސަތޭކަ ފަސިންޖަރުން ތިއްބައި ހިނގި މިހާދިސާ ހިނގާފައިވަނީ މިމަހުގެ 14 ވަނަ ދުވަހުއެވެ. މިކަމާއި ގުޅިގެން ދުނިޔޭގެ ސިވިލްއެވިއޭޝަން ޖަމިއްޔާއިން ގެންދަނީ ހާދިސާ ހިނގަންމެދުވެރިވި ސަބަބު ބަލަމުންނެވެ.
އެމިރޭޓްސް އިން ބުނެފައިވަނީ ފްލައިޓް ތިރިކުރަންފެށީ ރޫތް ކްލިއަރެންސް މޮރިޝަސް އިން ދިނުމުން ކަމަށެވެ.
ގުޅުންހުރި ލިޔުން:
Emirates plane from Dubai nearly collides with Air Seychelles