ސިނގިރޭޓް ބުއިމުގެ ސަބަބުން ކަރުގައި ޓިއުމާ އެއްނެގި ޓެރީ ގެ މެސެޖް

ކިޔުމަށް ހޭދަވާނީ 2މ 26ސ
ސިނގިރޭޓް ބުއިމުގެ ސަބަބުން ކަރުގައި ޓިއުމާ އެއްނެގި ޓެރީ ގެ މެސެޖް
ދުންފަތުގެ އިސްތިއުމާލު ކުރުމަކީ މިފަހަކަށް އައިސް ދެޖިންސުގެ މީހުން ވެސް ކުރަމުން އަންނަ، ސިއްޙަތަށް ވަރަށް ގެއްލުންހުރި ކަމެކެވެ. ނަމަވެސް ސިނގިރޭޓަކީ ނުވަތަ ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ސިއްޙަތަށް ގެއްލުން ހުރި އެއްޗެއްކަން ޤަބޫލު ކުރަނީ މަދު ބައެކެވެ.

ނޯތް ކެރޮލައިނާ ގެ އުމުރުން 53 އަހަރުގެ ޓެރީ ހޯލް އެންމެންނަށް ވެސް ދޭ މެސެޖަކީ، "ތިއީ ދުންފަތުގެ އިސްތިއުމާލް ކުރާ މީހެއްނަމަ، ދިރިއުޅުން ހަލާކު ވުމުގެ ކުރިން، ތިމާގެ ހަމަޖެހޭ އުފާވެރި ދިރިއުޅުމުގެ ވީޑިއޯ އެއް ތައްޔާރު ކުރުމަށެވެ."

ޓެރީ މިހެން ބުނީ، ސިނގިރޭޓް ބުއިމުން ލިބޭ ގެއްލުންތަކާއި ތިމާގެ ދިރިއުޅުން ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން ހަލާކުވި މިންވަރު އަންގައި ދިނުމަށެވެ.

ޓެރީގެ އަޑެއް ނެތެވެ. އަދި ކަރުގައި ވަރަށް ބޮޑު ލޯވަޅެއްވެސް އުފެދިފައިވެއެވެ.އެއީ ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން ކަރުތެރޭގައި ނެގި ޓިއުމާއެއް ނެގުމުގެ ސަބަބުން އުފެދިފައިވާ ލޯވަޅެކެވެ. ޓެރީ ބުނި ގޮތުގައި، އޭނާގެ މާމަ ދަރިންނަށް ވެސް އެންމެ ފުރަތަމަ އިވުނު އަޑަކީ، މިހާރު އޭނާގެ ހުރި ކުރަކިވެފައިވާ އަޑެވެ. އަނގަ އޮރިވެފައި މުޅި މީހާ ހިކި އަނަރޫފަވެފައި ހުރުމުގެ ސަބަބުން، އޭނާގެ ސިފަވެސް ވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ. އޭނާއަކީ އަނގައިގެ ކެންސަރު ވެސް ޖެެެހުން މީހެކެވެ.

"އަހަރެން އެންމެ ފުރަތަމަ ވެސް ސިނގިރޭޓެއް ބުއީ އަހަރެންގެ އުމުރުން އެންމެ 13 އަހަރުގައެވެ. އެއީ ނޯތް ކެރޮލައިނާއިން ބޭރުގައި ރައްޓެހިން ތަކަކާއި އެކު ކޭމްޕު ކުރަން ގޮސްފައެވެ. އެފަހަރު އަހަރެން ވަރަށް ބޮޑަށް ބަލިވެ، ކެއްސަން ވެސް ކެއްސިއެވެ. އޭގެ ފަހުން ދެން ސިނގިރޭޓެއް ބުއީ އުމުރުން 17 އަހަރުގައެވެ. އެއީ އަހަރެންގެ ރައްޓެހިންވެސް އެކަން ކުރާތީ އެމީހުންނާއި އެއް ހަމައަކަށް އެރުމަށްޓަކައެވެ. އެފަހަރު އަހަރެން އެއްގޮތަކަށް ވެސް ބައްޔެއް ނުވެއެވެ. އަދި އޭގެ އަހަރެއްހާ ދުވަސްފަހުން އަހަންނަކީ ދުވާލަކ ސިނގިރޭޓު ފޮއްޓެއް ހުސްކޮށްލި މީހަކީމެވެ.

އޭގެން ލިބޭ ގެއްލުންތަކެއް އެއިރު އަހަންނަކަށް އެއްވެސް ވަރަކަށް ނޭނގެއެވެ. ކަރުތެރެ ދުޅަވާކަން އަހަންނަށް އިޙުސާސް ކުރެވެން ފެށީ 2000 ވަނަ އަހަރުއެވެ. އެކަން ރަނގަޅުވޭތޯ ބައިވަރު ކަންތައް ކުރެވުނުއިރުވެސް، އޭގެން އެއްވެސް ކަމަކުން ވެސް ކަރުތެރެ ރަނގަޅެއް ނުވިއެވެ. ނަމަވެސް އެއިރުވެސް އަހަރެން ސިނގިރޭޓު ބުއިމެއް ނުހުއްޓަމެވެ. އެންމެ ބޮޑަށް ކަރުހަލާކުވާން ފެށި ދުވަސްކޮޅުގައި ވެސް ދުވާލަކު ދެ ފެކު ހުސްކޮށްލަމެވެ. އެގޮތުން މުޅިއަކު 23 އަހަރު ވަންދެން އަހަރެން ސިނގިރޭޓު ބުއީމެވެ.

ސިނގިރޭޓު ބުއިން ހުއްޓާލީ އުމުރުން 40 އަހަރުގައި 2001 ވަނަ އަހަރުއެވެ. ނަމަވެސް އެއިރު ޓިއުމާ އޮޕެރޭޝަން ކުރެވިފައިވާތީ ޓެރީ ގެ އަޑުވަނީ ގެއްލިފައެވެ. އޭނާއަށް ހމަ ވިސްނުން ލިބުން އިރު، ވަގުތުވަނީ ފާއިތުވެފައެވެ.
"ދުންފަތުގެ އިސްތިއުމާލު ނުކުރާތި. ތިއީ މިހާރުވެސް ދުންފަތުގެ އިސްތިއުމާލު ކުރާ މީހެއްނަމަ، ވީއެންމެ އަވަހަކަށް އެކަން ހުއްޓާލާ." ދުންފަތުގެ އިސްތިއުމަލު ކުރާ މީހުންނަށް ޓެރީ ދޭ އެންމެ ފަހު މެސެޖަކީ މިއީއެވެ.

މިއަދު އޮންލައިން