އިންޓަރ ރިސޯޓު ވޮލީ ޒޯން އެެކެއްގެ ފުރަތަމަ މެޗު ކޮއްދިއްޕަރުން ކާމިޔާބުކޮށްފި

ކިޔުމަށް ހޭދަވާނީ 34ސ
އިންޓަރ ރިސޯޓު ވޮލީ ޒޯން އެެކެއްގެ ފުރަތަމަ މެޗު ކޮއްދިއްޕަރުން ކާމިޔާބުކޮށްފި
އިންޓަރ ރިސޯޓު ވޮލީ ޒޯން އެެކެއްގެ ފުރަތަމަ މެޗު ކޮއްދިއްޕަރުން ކާމިޔާބުކޮށްފިއެވެ.

ސޮނީ ސްޕޯޓްސް އަށާރަވަނަ އިންޓަރ ރިސޯޓު ވޮލީ މުބާރާތުގެ ޒޯން އެކެއްގެ ފުރަތަމަ މެޗު ގްރޭންޑް ކޮއްދިއްޕަރުން ކާމިޔާބު ކުރީ މިއަދު ހަވީރު ރީތިބީޗު ރިސޯޓާއި ވާދަކޮށް ތިންސެޓުން އެއްސެޓުންނެވެ.

އެޓީމުން ސެޓުތައް ގެންދިޔައީ ފަންސަވީސް ތޭރަ، ފަންސަވީސް ސަތާރަ އަދި ފަންސަވީސް ފަނަރައިންނެވެ. ވަން އެންޑް އޮންލީ ރީތިރަށުން ގެންދިޔަ ސެޓު ގެންދިޔައީ ފަންސަވީސް ބާވީހުންނެވެ.

މި މެޗުގެ މޮޅުކުޅުންތެރިޔާގެ މަޤާމަށް ހޮވިފައިވަނީ ކޮއްދިއްޕަރުގެ އާދަމް ނަސީމުއެވެ.
މިއަދު އޮންލައިން