މާދަމާއަކީ ޝައްވާލް މަހުގެ 27 ވަނަ ދުވަހެވެ. ކަލަންޑަރުގައި އޮންނަ ގޮތުން ޝައްވާލް މަހުގެ އެންމެ ފަހު ދުވަހަކީ އަންނަ އާދީއްތަ ދުވަހެވެ. އެހެންކަމުން ޝައްވާލު މަހުގައި ދެން ބާކީ އޮތީ އެންމެ 3 ދުވަހެވެ.
އެއްވެސް ސަބަބަކާއިހުރެ ޝައްވާލު މަހުގެ ހަ ރޯދަ ހަމަ ނުކުރެވި ތިބި މީހުންނަށް ހަރޯދަ ހިފައި ހަމަކުރަން ދެން ބާކީ އޮތީ 3 ދުވަހެވެ.
ރަމަޞާން މަހުގެ ރޯދައަށްފަހު ޝައްވާލު މަހުގައި 6 ރޯދަ ނުވަތަ 6 ދުވަހު ރޯދަ ހިފައިފި މީހަކަށް އެއް އަހަރު ދުވަހު ރޯދަ ހިފުމުގެ ސަވާބު މާތްﷲ މިންވަރު ކުރައްވަވާނެކަމަށް ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ވަނީ ޙަދީޘްފުޅު ކުރައްވައިފައެވެ.
މިއަހަރަކީ ގިނަ ބައަކު ޝައްވާލު މަހުގެ 6 ރޯދަ ހިފި އަހަރެކެވެ. ޢިދު ދުވަހަށްފަހު ވިދިވިދިގެން އައި 6 ދުވަހު ގިނަ ބައަކު 6 ރޯދަ ހިފިއެވެ. އެއީ ބަންދު ދުވަސްތަކަކަށްވުމުން ހަ ރޯދަ ހިފުން އިތުރަށް ފަސޭހަވެގެންދިއައެވެ.
ހުކުރު ދުވަހާއި ހޯމަ ދުވަހަކީވެސް ރޯދަ ހިފުން ސުންނަތް ދުވަތެކެވެ. ހަމައެއާއިއެކު ކޮންމެމަހުގެ ،12 ،13 އަދި 14 ދުވަހަކީވެސް ރޯދަ ހިފުން ސުންނަތް ދުވަސްތަކެވެ.
ސުންނަތް ރޯދަ ހިފުމުގެ އާދަ އަންނަނީ ގެއްލެމުންކަން ގިނަ ބައަކު ފާހަގަކުރެއެވެ. އަދި އެއީ މުސްކުޅިން ކުރާ ކަމެއްގެ ގޮތުގައިވެސް ބައަކު ދެކެއެވެ. މުސްކުޅިވުމުންވެސް ހެޔޮ އަމަލުތައް ފުރިހަމައަށް ކުރެވޭނީ ޒުވާން އުމުރުގައިވެސް ހެޔޮ އަމަލުތައް ކުރުން އާދަކޮށްގެންނެވެ.