ކުވައިތުގަ ހުރި އީރާނުގެ ޘަޤާފީ މަރުކަޒު ބަންދުކޮށް ޑިޕޮލޮމެޓުންގެ އަދަދު މަދުކުރަން ކުވައިތުން އީރާނަށް އަންގައިފިއެވެ.
ވީހާ އަވަހަކަށް އަމަލުކުރަންޖެހޭ އެންގުމެއްގެ ގޮތުގައި މިފަދަ އެންގުމެއް ކުވައިތުން އެންގީ ކޯޓުގައި ހިނގަމުންދިއަ މައްސަލައެއްގެ ތެރެއިން އީރާނުން ޖާސޫސް ކުރިކަން ހާމަވުމުންނެވެ.
އީރާނުން ޖާސޫސް ކުރާ ސެލްއެއް ކުވައިތުގައި ހުރިކަން މިދިއަ މަހު ވަނީ ސާބިތުވެފައެވެ. އެތަނުގެ އިސްވެރިއަކަށް ހުރި މީހާގެ މައްޗަށް ވަނީ އުމުރު ދުވަހުގެ ޖަލު ޙުކުމް އިއްވައިފައެވެ. މިސެލް އާއި ވަނީ ހިޒްބުﷲ ފަދަ ޓެރަރިސްޓް ޖަމާއަތްތައް ގުޅިފައެވެ.
މި ސެލް އިން ދިއައީ ކުވައިތުގައި ޓެރަރިސްޓް ހަމަލާތަކެއް ދިނުމަށް ތައްޔާރުވަމުންކަންވެސް ވަނީ ސާބިތުވެފައެވެ. އަދި އެތަނުން ވަނީ ގިނަ އަދަދެއްގެ ގޮވާ ތަކެއްޗާއި ހަތިޔާރުވެސް ފެނިފައެވެ.
ޤަތަރާއިއެންމެ ގާތް ޤައުމަކީ މިހާރު ކުވައިތެވެ. އީރާނަކީވެސް އެހައިމެ ގާތް ޤައުމެކެވެ. އެހެންކަމުން މިކަމުގެ އަސަރު ޤަތަރަށް ކުރާނެ ކަމަސް ވަނީ ބެލެވިފައެވެ.
އީރާނާމެދު އަރަބި ގިނަ ޤައުމުތަކުން ދެކެނީ ޓެރަރިޒަމްގެ ބައްޕަގެ ގޮތުގައެވެ.