ޕްރިންސް ސައުދު ބިން އަބްދުލްޢަޒީޒް އަލް މުސައިދު ބިން ސައުދު ބިން އަބްދުލްޢަޒީޒް އަލް ސައުދު ކޯޓު އަމުރެއްގެ ދަށުން ނޫނީ މިނިވަން ނުކުރެވޭ ގޮތަށް ބަންދުކުރަން ސަލްމާން ރަސްގެފާނު އަމުރުފުޅުކުރެއްވުމުން ފުލުހުން އޭނާ ބަންދުކޮށްފިިއެވެ.
އެނާގެ މައްޗަށް މިފަދަ އަމުރުފުޅެއް ސަލްމާން ރަސްގެފާނު ނެރުއްވީ ރައްޔިތުންނަށް އިހްތިރާމްކުޑަކޮށް މުޢާމަލާމާތުކުރުމާއި ގައަށް އަތްލުން ފަދަ އަމަލުތަކެއް އޭނާ ކުރިކަން ހާމަވާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުކުރުމުންނެވެ.
ސަލްމާން ރަސްގެފާނުގެ އަމުރުފުޅުގައި ވަނީ ޕްރިންސުގެ އިތުރުން އެކަމުގައި ބައިވެރިވި އެންމެން ހައްޔަރު ކުރުމަށް އަމުރުފުޅުކުރައްވައިފައެވެ.
ސަލްމާން ރަސްގެފާނު ވިދާޅުވެފައިވަނީ ކުށެއް ކުރުމުން ނަސަބަށާއި މަޤާމަށް ބަލައި ތަފާތު ނުކުރެވޭނެ ކަމަށާއި ޤާނޫނުގައި އޮންނަ އަދަބު ދޭންޖެހޭނެ ކަމަށެވެ.
ދާދިފަހުން ވަނީ ޢާންމުންގެ ތެރެއަށް ފިސްތޯލަ ޖެހުމުން މީހަކު މަރުވި މައްސަލައެއްގައި ޕްރިންސަކަށް މަރުގެ އަދަބުވެސް ދީފައެވެ.