ގްރީކް އައިލެންޑް ކައިރިއަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.
އެ ޤައުމުގެ އޮފިޝަލުންނާއި ޙަވާލާދީ އިންޑިއަން އެކްސްޕްރެސް އިން ބުނެފައިވަނީ ބިންހެލުން އައިސްފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށެވެ. އަދި މި ޙާދިޘާގައި 2 މީހަކު މަރުވެ، 100އަށްވުރެ ގިނަ މީހުންނަށް އަނިޔާވެފައިވާ ކަމަށެވެ.
މި ބިންހެލުން އައިސްފައިވަނީ 6.3 މެގްނެޓިއުޓުގެ ބާރުމިނުގައެވެ.
އެ ޤައުމުގެ ސަލާމަތީބާރުތަކުންނާއި އަލިފާންނިއްވާ ފަރާތްތަކާއި ސިއްޙީ ފުރަތަމަ އެހީދޭ ފަރާތްތަކުން އަންނަނީ ބިންހެލުން އައި ސަރަޙައްދުގައި ހަރަކާތްތެރިވަމުންނެވެ.