މަޝްހޫރު ކޮމޭޑިއަން ކަޕިލް ޝަރުމާއަށް އަނއްކާވެސް ސިއްޙީ މައްސަލައެއް ކުރިވެ، ޝޯވގެ ޝޫޓިންގ ކެންސަލްކުރަން ޖެހިއްޖެއެވެ.
މީގެ ކުރިންވެސް އޭނާއަށް ސިއްޙީ މައްސަލައެއް ކުރިމަތިވެގެން "ދަ ކަޕިލް ޝަރުމާ ޝޯވ" ގެ ޝޫޓިންގ ވަނީ ކެންސަލް ކޮށްފައެވެ. އެހެންނަމަވެސް އޭނާއަށް ދިމާވެފައިވަނީ ސިއްޙީ ކޮންމައްސަލައެއްކަމެއް ހާމައެއް ނުކުރެއެވެ.
އިންޑިއަން އެކްސްޕްރެސް އިން ބުނެފައިވަނީ މިފަހަރުގެ ޝޫޓިންގ ކެންސަލްކޮށްފައިވަނީ ޝޫޓިންގއަށް ހުރިހާކަމެއް ތައްޔާރުކޮށް، މެހްމާނުންވެސް އައިފަހުން ކަމަށެވެ. އަދި ކަޕިލް ނައިސް ލަސްވެގެން ގުޅުމުން އޭނާގެ ހާލު އަނެއްކާވެސް ގޯސްވުމުން ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށް ޢާއިލާއިން ބުނި ކަމަށެވެ.
އެހެންކަމުން "ދަ ކަޕިލް ޝަރުމާ ޝޯވ" ގެ ޝޫޓިންގ މިހާރުވަނީ ވަގުތީގޮތުން މުއްދަތެއް ނެތްގޮތަށް ފަސްކޮށްފައެވެ.