ޝާހްރުކް އާ އަންހެނުން ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތުތަކެއް ކުރި މައްސަލަ ބަލަނީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 41ސ
ޝާހްރުކް އާ އަންހެނުން ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތުތަކެއް ކުރި މައްސަލަ ބަލަނީ
އިންޑިއާގެ އެންފޯސްމަންޓް އިދާރާއިން ބަލަމުން ގެންދާ 730 މިލިއަން ރުޕީސްގެ ބޭރު ފައިސާ ޤަވާއިދާއި ޚިލާފަށް މުއާމަލާތު ކުރި މައްސަލައެއްގައި މަޝްހޫރު ފިލްމީތަރި ޝާހްރުކް އާއި އޭނާގެ އަންހެނުން އެ އިދާރާއަށް ހާޒިރުވާން އަންގައިފިއެވެ.

އެއދާރާއިން ޝާހްރުކްގެ ދެމަފިރިންނަށް ހާޒިރުވާން އަންގާފައިވަނީ މާދަމާގެ ވަގުތެއްގައެވެ. ހާޒިރުވާން އަންގާފައިވަނީ މުމްބާއީގައި މައި މަރުކަޒަށެވެ.

އެއިދާރާއިން ބުނެފައިވަނީ ޝާހްރުކުގެ ދެމަފިރިންގެ އިތުރުންވެސް ވަރަށް ގިނަ ބައަކު ހާޒިރުކޮށް މައްސަލަ ބަލަމުން ގެންދާ ކަމަށެވެ. އަދި ހާޒިރުކުރާ އެންމެންނަށްވެސް މައްސަލަތަކަށް ޖަވާބުދާރީވުމަށް ފުރިހަމަ ފުރުޞަތުތަކެއް ލިބޭނެ ކަމަށެވެ.

އެއިދާރާއިން ބުނެފައިވަނީ ޝާހުރުކުގެ ދެމަފިރިންގެ މައްޗަށް ތުހުމަތުކުރާ 730 މިލިއަން ރުޕީސްގެ ގެއްލުން ސާބިތުކުރެވިއްޖެނަމަ އެ އަދަދުގެ 3 ގުނައިން ޖުރުމަނާކުރާނެ ކަމަށެވެ.

މިއަދު އޮންލައިން