ﷲގެ މުޢުޖިޒާތް: ޓެނިސްބޯޅައެއްގެ ސައިޒުގަ އުފަންވި ކުއްޖަކު ސަލާމަތްވެއްޖެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 51ސ
ﷲގެ މުޢުޖިޒާތް: ޓެނިސްބޯޅައެއްގެ ސައިޒުގަ އުފަންވި ކުއްޖަކު ސަލާމަތްވެއްޖެ!
މިއަހަރުގެ މާރޗް މަހުގެ 9 ވަނަ ދުވަހު އިނގިރޭސިވިލާތުގެ ހޮސްޕިޓަލެއްގައި ވިހެއި ކުއްޖަކު ބަލައިލި ނަމަ ބުނެވޭނީ އޭނާގެ ސައިޒަކީ ޓިނިސްބޯޅައެއްގެ ސައިޒު ކަމަށެވެ. ބަރުދަނުގައި ހުރީ އެންމެ 12.7 އައުންސެވެ.

ހަނާ އާއި ސްޓީވް މާޔޫސްކޮށްލީ ޑޮކްޓަރުންނެވެ. ލިބުނު ދަރިފުޅު ދުނިޔޭގައި އޮންނާނެ ކަމުގެ އެއްވެސް އުންމީދެއް ނެތް ކަމަށާއި އެކަމަށް ކުރެވޭނެ ކަމެއްވެސް ނެތްކަމަށް ބުނުމުންނެވެ. 3 ހަފްތާ ވެގެން އައިއިރުވެސް ޑޮކްޓަރުން ބުނަމުން އައީ ހަމަ އެއްވާހަކައެކެވެ.

ކަން މިހެން ހުރި ނަމަވެސް ކުއްޖާގެ ހާލު އައީ ރަނގަޅުވަމުންނެވެ. މިއަދު ކުއްޖާ އޮތީ ގޭގައެވެ. ނަމަވެސް އޮކްސިޖަން އާއިއެކުގައެވެ. ބައްޕަ ބުނަނީ ކަންކަން މިހާރު ކުރިއަށްދާ ގޮތަށް ކުރިއަށްދާނަމަ ވަރަށް އަވަހަށް އޮކްސިޖަން ވެސް ނައްޓާލެވޭނެ ކަމަށް ޤަބޫލުކުރާ ކަމަށެވެ.

ކުއްޖާއަށް ފަރުވާކުރި ޑޮކްޓަރުން ބުނަނީ ކުއްޖާ ސަލާމަތްވީ މިރެކްލްއަކުން (މުޢުޖިޒާތަކުން) ކަމަށެވެ. މުޢުޖިޒާތް މިންވަރު ކުރައްވަވަނީ މާތްﷲއެވެ.

މިއަދު އޮންލައިން