2 ދަރިން ވިހައިދޭން މަރުނުވެ 123 ދުވަހު ދުނިޔޭގަ އޮތް މަންމަގެ ވާހަކަ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 1ސ
2 ދަރިން ވިހައިދޭން މަރުނުވެ 123 ދުވަހު ދުނިޔޭގަ އޮތް މަންމަގެ ވާހަކަ
ފްރޭންކްލެއިން އަކީ އޭނާގެ ފިރިމީހާ އާއި އަދި ދަރިފުޅާއިއެކު އުފާވެރިކަމުގައި ދިރިއުޅެމުން އައި ބްރެޒިލުގެ އަންހެނެކެވެ. ދެވަނަ ފަހަރަށް ބަލިވެ އިނުމުން އިތުރު އުފާވެރިކަމެއް ލިބުނެވެ. އެއްމާބަނޑު ދެކުދިން ލިބެން އުޅޭތީއެވެ.

ހިތާމައަކީ ކުއްލިއަކަށް ސިކުނޑިމަރުވިކަމެވެ. އަނބިމީހާގެ ސިކުނޑި މަރުވުމުންވެސް ފިރިމީހާ ބޭނުންވީ އޭނާ ދުނިޔޭގައި ބާއްވާށެވެ. ދުނިޔެއަށް ނޭވާލާނަމަ ވަޅު ނުލުމަށެވެ. އެހެންކަމުން އެފަދަ ބަލި މީހުންނަށް ޚާއްޞަ ހޮސްޕިޓަލެއްގައި އޭނާ އޮތީ ބާއްވައިފައެވެ.

އެހާލަތުގައި އޮންނަތާ 123 ވަނަ ދުވަހަކީ އޭނާގެ ބަނޑުގައި ރިއްސާކަން އެނގުނު ދުވަހެވެ. ޑޮކްޓަރުންގެ ޚާއްޞަ ޓީމަކުން ސިޒޭރިއަން ހަދައި ބަނޑުގައި އޮތް ދެކުދިން ނެގިއެވެ. އަންހެން ކުއްޖަކާއި ފިރިހެން ކުއްޖެކެވެ. ހިތާމައަކީ ޑޮކްޓަރުންނަށް އޭނާގެ ފުރާނަ ސަލާމަތް ނުކުރެވުނުކަމެވެ.

އޮޕަރޭޝަނާއިއެކު އޭނާ ދުނިޔެ ދޫކޮށް ދިއައީއެވެ. ލޯބިލޯބި 2 ދަރިން އެކުދިންގެ ބައްޕައާއި ހަވާލުކުރުމަށްފަހުގައެވެ. ރިޕޯޓްތައް ބުނާގޮތުން މިއީ މިހާލަތުގައި އެންމެ ގިނަ ދުވަހު ދުނިޔޭގައި އޮތް އަންހެނާއެވެ.

އޭނާ މަރުވަމުން ދުނިޔެއަށް ދޫކުރީ ދެ ދަރިން އެކަންޏެއް ނޫނެވެ. އޭނާ ވަނީ ކުރިއާލައި އޭނާގެ ހުރިހާ ގުނަވަންތައްވެސް ހަދިޔާކޮށްފައެވެ. އެހެންކަމުން ދެ ދަރިންގެ އިތުރުން ގުނަވަންތައްވެސް ދުނިޔޭގައި ތިބޭނެއެވެ.

މިއަދު އޮންލައިން