ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ސީން ސްޕައިޒަރ އިސްތިއުފާދީފިއެވެ.
އޭނާގެ އިސްތިއުފާގެ ސިޓީ މިހާރުވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ފޮނުވާފައެވެ.
މިސިޓީ ޓްރަމްޕަށް ލިބިވަޑައިގަތުމުން އޭނާ މަޑުކުރުމަށް އެދުނު ކަމަށާއި ނަމަވެސް އޭގެ ޖަވާބުގައި ސީން ބުނެފައިވަނީ އޭނާއަކީ އެ މަޤާމަށް ކުފޫ ހަމަވާ މީހެއްކަމަށް ޤަބޫލުނުކުރައްވާ ކަމަށެވެ.
އެހެންކަމުން ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީގެ މަޤާމު ވަގުތީގޮތުން މިހާރުއަދާކުރައްވަނީ ޑިޕިއުޓީ ޕްރެސް ސެކްރެޓަރީ ސާރާ ހުކަބީ އެވެ.