އިންޑިއާގައި ސްވައިން ފްލޫ، ދެދުވަސް ތެރޭ ތިންމީހުން މަރުވެއްޖެ

ކިޔުމަށް ހޭދަވާނީ 1މ 22ސ
އިންޑިއާގައި ސްވައިން ފްލޫ، ދެދުވަސް ތެރޭ ތިންމީހުން މަރުވެއްޖެ
ފުރާނައަށް ނުރައްކާތެރި ބައްޔެއް ކަމުގައިވާ، އެޗް1އެން1 ނުވަތަ ސްވައިން ފްލޫ، އަވައްޓޭރި އިންޑިއާ ގައި ފެތުރެމުން އެބަދެއެވެ.

އިންޑިއާގެ މުމްބައި ގައި މިބަލި ހަލުވިކަމާއިއެކު ފެތުރެމުންދާ ކަމަށާއި، މިބަލި ފެތުރެމުންދާތާ އެންމެ ދެދުވަސް ވެފައިވާ އިރު މިހާރުވެސް ތިން މީހުން މިބަލީގައި މަރުވެއްޖެކަން އިންޑިއާގެ މީޑިއާ ރިޕޯޓުތަކުން މަޢުލޫމާތު ލިބިފައިވެއެވެ. އަދި މިތިން މަރާއި އެކު، މިއަހަރު މިބަލީގެ ސަބަބުން އިންޑިއާއިން މަރުވި މީހުންގެ އަދަދު 327 އަށް އަރައިފި ކަމަށް ވެސް ރިޕޯޓުތަކުން ބުނެއެވެ.

ސްވައިން ފްލޫ ޖެހިގެން މިދިޔަ ބުރާސްފަތި ދުވަހު ދެމީހުން މަރުވެފައިވާއިރު، ތިންވަނަ މީހާ މަރުވެފައިވަނީ ހުކުރު ދުވަހުއެވެ. މިހާދިސާތަށް ހިނގާފައިވަނީ މުމްބައި އާއި ތާނޭ ގައެވެ. އަދި މިހާތަނަށްނިސްބަތަށް ބަލާއިރު، ޕޫނޭ އިން 500 އެއްހާ މީހުންވަނީ ސްވައިން ފްލޫ އަށް ޓެސްޓު ކޮށްފައެވެ.

ސްޓޭޓް އެޕިޑެމިއޮލޮޖިސްޓެއް ކަމަށްވާ ޑރ. ޕްރަދީޕް އަވާތީ "އިންޑިއަން އެކްސްޕްރެސް" އަށް މަޢުލޫމާތު ދިން ގޮތުގައި "ސްވައިން ފްލޫ ގެ އަސަރު އެންމެ ބޮޑަށް ފެނިފައިވަނީ މުމްބައީ އާއި ތާނޭ" އިންނެވެ. އަދި މީގެއިތުރުން، މިބަލި މޫސުމާއިއެކު އެހެން ސަރަޙައްދުތަކަށް ވެސް ފެތުރެމުން ދާކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

އިންޑިއާ ސަރުކާރުން މިހާރު ދަނީ ސްވައިން ފްލޫއިން ރައްކާތެރި ކުރުމަށްޓަކައި މާބަނޑު އަންހެނުންނަށާއި، ސިއްޙީ ދާއިރާގައި މަސައްކަތް ކުރާ މީހުންނާއި އެނދުމަތި ކުރެވިފައި ތިބި ބަލި މީހުންނަށާއި އަދި ލޭމައްޗަށް ދިޔުމާއި ހަކުރުބަލި ޖެހިފައިވާ މީހުންނަށް ވެކްސިން ދެމުންނެވެ.
މިއަދު އޮންލައިން