އިންޑޮނޭސިއާގައި އިތުރުވަމުންދާ ޑްރަގުގެ މައްސަލަތަކާއި ގުޅިގެން ކުއްލި ހާލަތު އިއުލާނުކޮށް ވަގުތުން ބަޑިޖަހައި މަރަން އަމުރުކޮށްފިއެވެ.
އިންޑޮނޭސިއާގެ ރައީސް ނެރުއްވި އަމުރުފުޅުގައި ވިދާޅުވެފައިވަނީ ޑްރަގުގެ ވަބާ އިތުރުވެ އެ ޤައުމުކަންކަން މިހާރު ވަނީ ކުއްލި ހާލަތުގައި ކަމަށެވެ. އެހެންކަމުން އެ ޤައުމަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭ މީހުންނާއި މަސްތުވާތަކެތީގެ ވިޔަފާރިކުރާ އެންމެން އަތުލައިގަންނަންޖެހޭ ކަމަށާއި އަތުލައިގަންނަން ހިންގާ އޮޕަރޭޝަންތަކުގައި ވަގުތުން ބަޑިޖެހުމުގެ ހުއްދަ ދެއްވާ ކަމަށެވެ.
އިންޑޮނޭސިއާގެ ރައީސް ޖޯކޯ ވިޑޯޑޯ ނެރުއްވި ބަޔާނަކީ މިހާރު ފިލިޕިންސްގައި ހިންގާ ކަންކަމާއި އެއްގޮތް އުޞޫލުތަކެވެ. އދ އިން ގެންދަނީ ޑްރަގު ޑީލްކުރުން ހުއްޓުވަން ނަމަވެސް މީހުން މެރުމާއި ދެކޮޅު ހަދަމުންނެވެ.