މިއަހަރުގެ އިންޓަރިމް ޑިވިޑަންޑުގެ ގޮތުގައި ހިއްސާއަކަށް 5.96 ރުފިޔާ ބަހަން ނިންމައިފި

ކިޔުމަށް ހޭދަވާނީ 46ސ
މިއަހަރުގެ އިންޓަރިމް ޑިވިޑަންޑުގެ ގޮތުގައި ހިއްސާއަކަށް 5.96 ރުފިޔާ ބަހަން ނިންމައިފި
ދިރާގުގެ މިއަހަރުގެ އިންޓަރިމް ޑިވިޑަންޑުގެ ގޮތުގައި ހިއްސާއަކަށް 5.96 ރުފިޔާ ބަހަން ނިންމައިފިއެވެ.

ދިރާގުން ބުނީ މި އަހަރުގެ އިންޓަރިމް ޑިވިޑެންޑްގެ ގޮތުގައި ހިއްސާދާރުންނަށް 452.9 މިލިއަން ރުފިޔާ ބަހަން ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވާ ކަމަށެވެ. އަދި ހިއްސާގެ ފައިދާ ލިބޭނީ މި މަހުގެ 29ގެ ނިޔަލަށްހިއްސާދާރުންގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް ކަމަށެވެ.

އިންޓަރިމް ޑިވިޑެންޑްކަނޑައަޅާފައިވަނީ މިދިޔަ އޭޕްރިލް 20 ވަނަ ދުވަހުގެ ރޭ ބޭއްވި އެކުންފުނީގެ އަހަރީ ޢާންމު ޖަލްސާގައި ފާސްކޮށް، ޑިރެކްޓަރުންގެ ބޯޑަށްދީފައިވާ ބާރުގެ ދަށުން ކުންފުނީގެ ޑިވިޑެންޑް ޕޮލިސީއާ އެއްގޮތަށްކަމަށް ދިރާގުން ބުންޏެވެ.

ދިރާގުގެ މި އަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ މާލީ ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ފުރަތަމަ ކުއާޓަރގައިސާފު ފައިދާގެ ގޮތުގައި 244 މިލިޔަން ރުފިޔާ ވަނީ ލިބިފައެވެ.
މިއަދު އޮންލައިން