ޗައިނާއިން ފުރަތަމަ ފަހަރަށް އެމެރިކާގެ ހަނޑޫ އެތެރެކުރަން ނިންމައިފިއެވެ.
ޗައިނާއަކީ ހަނޑޫ ހައްދާ ޤައުމެއް ނަމަވެސް މިގޮތަށް ނިންމީ ދެ ޤައުމުގެ ދެމެދުގައި އެކުލަވާލި ވިޔަފާރީގެ އެއްބަސްވުމުގެ ދަށުންނެވެ.
މިކަމާއިގުޅިގެން އެމެރިކާގެ އެގްރިކަލްޗަރ ސެކްރެޓަރީ ނެރެފައިވާ ސްޓޭޓްމެންޓެއްގައި ބުނެފައިވަނީ އެޤައުމުގެ ހަނޑޫ ޗައިނާއަށް އެތެރެކުރަން ނިންމުމުން ވަރަށް އުފާވާކަމަށެވެ. އަދި އެކަމަށްޓަކައި ޝުކުރުއަދާކުރާ ކަމަށެވެ.
މި އެއްބަސްވުމުގެ ދަށުން 20 ބާވަތެއްގެ ހަނޑޫ އެމެރިކާއިން ޗައިނާއަށް އެތެރެކުރުމަށް ނިންމާފައިވާ އިރު، ޗައިނާއިން އަންނަނީ އެ ޤައުމުގެ ރައްޔިތުންނަށް ކާނާ ފޯރުކޮށްދިނުމަށް ކޮންމެ އަހަރަކުވެސް އެތައް ބިލިއަން ޑޮލަރެއް ޚަރަދު ކުރަމުންނެވެ.
ފައިބެއަހަރު 5 މިލިއަނަށްވުރެ ގިނަ ޓަނުގެ ހަނޑޫ އެކި ޤައުމުތަކުން ޗައިނާއަށްވަނީ އެތެރެކޮށްފައެވެ.