ޤާނޫނީ ވަކީލުކަންކުރާ އަންހެނަކު ހުއްޓުވައި ޖިންސީ ގުޅުމަށް އެދުމުން ފައިވާނުން ތަޅައި ބަލިކޮށްލައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 42ސ
ޤާނޫނީ ވަކީލުކަންކުރާ އަންހެނަކު ހުއްޓުވައި ޖިންސީ ގުޅުމަށް އެދުމުން ފައިވާނުން ތަޅައި ބަލިކޮށްލައިފި
ދުބާއީގެ ޝޮޕިންގ މޯލެއްގައި ޤާނޫނީ ވަކީލުކަންކުރާ އަންހެނަކު ހިނގަމުންދަނިކޮށް އޭނާ ހުއްޓުވައި އޭނާގެ ކިބައިން ޖިންސީ ގުޅުމަށް އެދުމުން، އަރައިގެންހުރި ފައިވާނުން ތަޅައި އެމީހާ ބަލިކޮށްލައިފިއެވެ.

ވަކީލާ ބުނީ ހިނގާފައިދަނިކޮށް ހުއްޓިބަލާށޭ ބުނުމުން ހުއްޓުނީ އޭނާގެ މަޤްޞަދު ނުއެނގޭތީ ކަމަށެވެ. ހުއްޓުމުން ވަހުޝީ ވާހަކަތައް ދައްކަންފެށީ ކަމަށާއި އޭނާއާއިއެކު ޖިންސީ ގުޅުން ހިންގުމަށްވެސް އެދުނު ކަމަށެވެ. ފައިވާނުން ތަޅައިގަންނަން ޖެހުނީ ދެފަހަރު އޭނާގެ ގައިގާ އަތްލުމުން ކަމަށެވެ.

ކަންހިނގިގޮތް އޯޑިއޯ ކުރީވެސް ވަކީލާއެވެ. ވީޑިއޯ ކުރުމަށްފަހު ފުލުހަށް ގުޅައިގެން ގެނެސް އެމީހާ ހަވާލުކުރީއެވެ.

ވަކީލާ އާއިމެދު އެގޮތަށް އަމަލުކުރުމުގެ އަދަބެއްގެ ގޮތުން އެމީހާގެމައްޗަށް ވަނީ 6 މަސް ދުވަހުގެ ޖަލުހުކުމެއް އިއްވައިފައެވެ. ފައިވާނުން ތެޅުން ބަލާފައިވަނީ ހަށިގަނޑުގެ ދިފާޢުގައި ކުރަންޖެހިގެން ކުރި ކަމެއްގެ ގޮތުގައެވެ.
މިއަދު އޮންލައިން