އަލިފާނާ ނުކުޅޭ- މަސްޖިދުލްއަޤްޞާގެ ޙުރުމަތް ކެނޑުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން: ޢަރަބިލީގް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
އަލިފާނާ ނުކުޅޭ- މަސްޖިދުލްއަޤްޞާގެ ޙުރުމަތް ކެނޑުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން: ޢަރަބިލީގް
މަސްޖިދުލްއަޤްޞާގެ ޙުމަތް ކެނޑުމަކީ އަލިފާނާއި ކުޅުން ކަމަށާއި މަސްޖިދުލްއަޤްޞާގެ ޙުރުމަތް ކެނޑުމަކީ އެއްވެސް ގޮތަކުން ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް އަރަބި ލީގުން ބުނެފިއެވެ.

މިޞުރުގެ ވެރިރަށް ޤާހިރާގައި މިއަދު ބޭއްވި ބައްދަލުވުމެއްގައި ޢަރަބި ލީގުން ބުނެފައިވަނީ މަސްޖިދުލްއަޤްޞާއަކީ މުސްލިމުންގެ 3 ވަނަ އަށް އެންމެ މުޤައްދިސް ބިނާ ކަމަށާއި އެ ބިނާ އާއި ބިނާގެ ވަށައިގެންވާ ބިނާގެ ސަރަހައްދަކީ މުސްލިމް އުންމަތުގެ ހައްޤެއްކަން އެނގެންޖެހޭނެ ކަމަށެވެ. އަދި އެތަނުގެ ބޭނުން މުސްލިމުންނަށް ނުކުރެވޭނެ ގޮތް ހަދައި ދަތިތައް ކުރުން ބަލައިނުގަންނާނެ ކަމަށެވެ.

މިމޭރުމުން ބަޔާނެއް ނެރުނު ނަމަވެސް އިޒްރޭލުން މިހާރު ކުރިމަތިކޮށްފައިވާ ގޯނާތައް ހުއްޓުވަން އަޅާނެ ނުވަތަ އެޅިދާނެ އެއްވެސް ފިޔަވަޅެއް ހާމަކޮށްފައެއް ނުވެއެވެ. އެހެންކަމުން ޤަބޫލުކުރެވެނީ މައްސަލައިގައި އެމެރިކާގެ އެހީތެރިކަމަށް އެދި އާދޭސްކުރުން ނޫން ކަމެއް އަރަބި ޤައުމުތަކަށް ކުރެވެން ނެތްކަން ކަމަށް ބެލެވެއެވެ.

މުސްލިމުންނަށް މަސްޖިދުލްއަޤްޞާ ބަންދުކުރަމުން ގެންދާއިރު އެހެން ދީންތަކުގެ މީހުންނަށް މަސްޖިދުލްއަޤްޞާ ވަނީ ހުޅުވާލައިފައެވެ. މިފަދަ ކަންކަން އިޒްރޭލުން ކުރަމުން މިގެންދަނީ މަސްޖިދުލްއަޤްޞާ ޔަހޫދީންގެ ބެލުމުގެދަށަށް ގެންގޮސް އެތަން ނައްތާލުމަށް ކުރާ މަސައްކަތްތަކުގެތެރެއިންނެވެ.
މިއަދު އޮންލައިން