އިންޑިއާގެ ތެޔޮވަޅަކުން 50 މިލިއަން ލިޓަރުގެ ތެޔޮ ވަގަށްނަގައި ސްމަގްލް ކުރަނިކޮށް އަތުލައިގެންފިއެވެ. ވައްކަންކުރި މީހުން ތެޔޮ އުފުލަން ބޭނުންކޮށްފައިވަނީ ފެން އުފުލާ ލޮރީތަކެވެ.
7.75 މިލިއަން ޑޮލަރުގެ އަގުހުރި ތެޔޮ ވަގަށްނަގާފައިވަނީ އިންޑިއާގައި ތެޔޮނަގާ އިނގިރޭސި ކުންފުންޏެއްގެ ކާރުޚާނާއަކުންނެވެ. މިމައްސަލައިގައި 25 މީހަކު ވަނީ ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފައެވެ. ތެޔޮ ކާރުޚާނާގައި މަސައްކަތްކުރާ 75 މީހަކު ހޯދުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރަމުންނެވެ.
ފުލުހުން ބުނީ ރާވައިގެން ކުރަމުން ގެންދިއަ މި ބޮޑު ވައްކަން އަތުލައިގަނެވުނީ އެފަދަ ކަމެއް ހިނގާކަމަށް ލަފާކުރެވިގެން ކުންފުނިން ކުރި ރިPޯޓަކާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
ފުލުހުން ބުނީ ވަގަށް ނަގާ ތެޔޮ ވިއްކަމުން ގެންދިއައީ އިންޑިއާގެ ކުދި ތެޔޮ ކާރުޚާނާތަކަށް ކަމަށެވެ.