އިސްމާޢިލް ޢީސާ (މެސީ) މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންއާ ގުޅިއްޖެއެވެ.
މާޒިޔާގެ ފޭސްބުކް ޕޭޖުގައި ބުނެފައިވަނީ މި އަހަރުގެ ސީޒނުގައި ބާކީއޮތްބައިގާ އިސްމާޢިލް ޢީސާ (މެސީ) ކުޅޭނީ އެޓީމަށް ކަމަށެވެ. އަދި އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށެވެ.
އިސްމާޢިލް ޢީސާ ނުވަތަ މެސީއަކީ ރާއްޖޭގެ ފުރަތަމަ ޑިވިޜަންގެ ބޮޑެތި ކުލަބުތަކަށްކުޅެ، އަދި ދިވެހި ޤައުމީ ޓީމުގައިވެސް މުހިންމު ދައުރެއް އަދާކުރާ ކުޅުންތެރިއެކެވެ. އަދި އޭނާއަކީ އެންމެ ފަހުން އެކުލަވާލި ދިވެހި ޤައުމީ ޓީމުގެ ކެޕްޓަނެވެ.