ޔުނިސެފްގެ ގުޑްވިލް އެމްބެސެޑަރެއްގެ ގޮތުގައި އަމީތާބު އިތުރު ދެއަހަރަށް...

ކިޔުމަށް ހޭދަވާނީ 33ސ
ޔުނިސެފްގެ ގުޑްވިލް އެމްބެސެޑަރެއްގެ ގޮތުގައި އަމީތާބު އިތުރު ދެއަހަރަށް...
ޔުނިސެފްގެ ގުޑްވިލް އެމްބެސެޑަރެއްގެ ގޮތުގައި މަސައްކަތްކުރުމަށް އިތުރު ދެ އަހަރުގެ މުއްދަތު އަމީތާބް ބައްޗަންއަށް ދީފިއެވެ.

ޔުނިސެފްގެ ގުޑްވިލް އެމްބެސެޑަރގެ މަސްއޫލިއްޔަތުގެ ތެރޭގައި ކުޑަކުދިންގެ މެދުގައި ފަސޭހަކަމާއެކު ފެތުރޭ މީސްލްސް އާއި ރުބެއްލާ ނައްތާލުމަށް ކުރާ މަސައްކަތުގައި ހަރަކާތްތެރިވުން ހިމެނެއެވެ.

ޔުނިސެފްގެ ގުޑްވިލް އެމްބެސެޑަރގެ އިތުރުން އަމީތާބު ވަނީ އދ.ގެ ޖަމިއްޔާތަކުގެ އެމްބެސެޑަރެއްގެ ގޮތުގައި ޕޯލިއޯ، ހެޕަޓައިޓިސް ބީ، ޓިއުބަކިއުލޮސިސް އަދި ޑައިބިޓީސް ފަދަ ބަލިތަކާ ދެކޮޅަށް ތަފާތު ކެމްޕޭންތަކުގައި ހަރަކާތްތެރިވެފައެވެ.
މިއަދު އޮންލައިން