ކްރިކެޓުގައި އަންހެނުންނާއި ފިރިހެނުން އަޅާ ނުކިޔުމަށް އިންޑިއާގެ ޤައުމީ އަންހެން ޓީމުގެ ކެޕްޓަން އެދިއްޖެ

ކިޔުމަށް ހޭދަވާނީ 55ސ
ކްރިކެޓުގައި އަންހެނުންނާއި ފިރިހެނުން އަޅާ ނުކިޔުމަށް އިންޑިއާގެ ޤައުމީ އަންހެން ޓީމުގެ ކެޕްޓަން އެދިއްޖެ
ކްރިކެޓުގައި އަންހެނުންނާއި ފިރިހެނުން އަޅާ ނުކިޔުމަށް އިންޑިއާގެ ޤައުމީ އަންހެން ޓީމުގެ ކެޕްޓަން މިތާލީ ރާޖު އެދިއްޖެއެވެ.

އެންޑީ ޓީވީއާ ވާހަކަ ދައްކަމުން އޭނާ ބުނީ މިފަހަރުގެ އައިސީސީ ވަރލްޑްކަޕް ވިމެން ކްރިކެޓް މުބާރާތުގައި އެޓީމުން ވަނީ ޤައުމު ފަޚުރުވެރިވާވަރުގެ ކުޅުމެއް ދައްކާފައި ކަމަށެވެ. އެހެންނޫންނަމަ ފައިނަލާއި ހަމައަށް ނާދެވުނީސް ކަމަށެވެ.

މިތާލީ ބުނީ ފައިނަލުން ބަލިވުމުން ދެރަނުވާ ކަމަށާއި ވަރުގަދަ އިންގެލެންޑަށް މުބާރާތް ކާމިޔާބުކުރެވުމުގައި ނަސީބުވެސް ބޮޑުރޯލެއް އަދާކުރި ކަމަށެވެ. އަދި މިފަހަރުގެ ފައިނަލަކީ އަންހެނުންގެ ކްރިކެޓް މެޗެއް ބަލަން އެންމެ ގިނަ މީހުން ވަން މެޗަށް ވާނެ ކަމަށެވެ.

"އަހަރެންވެސް ކްރިކެޓް ކުޅޭތާ މިހާރު 18 އަހަރުވެއްޖެ. އެކަމަކު މިހާ ގިނަ ބަޔަކު އަންހެން ފައިނަލް މެޗެއް ބަލަން ވަންތަނެއް ނުދެކެން. މިއީ އަންހެނުންގެ ކްރިކެޓަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް" މިތާލީ ބުންޏެވެ.

މީގެ އިތުރުން އޭނާ ބުނީ ފިރިހެނުންގެ ކްރިކެޓާއި އަންހެނުންގެ ކްރިކެޓް އަޅާ ކިޔުމަކީ ވަރަށް ދެރަ ކަމެއް ކަމަށާއި އެކަން އެގޮތަށް ނުކުރުމަށް އެދޭ ކަމަށެވެ.
މިއަދު އޮންލައިން