ޕާކިސްތާނުގެ 329 ހައްޖުވެރިންނާއެކު މިއަހަރުގެ ހައްޖު މޫސުން ފަށައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 32ސ
ޕާކިސްތާނުގެ 329 ހައްޖުވެރިންނާއެކު މިއަހަރުގެ ހައްޖު މޫސުން ފަށައިފި
ޕާކިސްތާނުގެ 329 ހައްޖުވެރިން ގޮވައިގެން އައި ފްލައިޓް މަދީނާގެ ޕްރިންސް މުޙައްމަދު ބިން ޢަބްދުލްޢަޒީޒް އެއާޕޯޓަށް އިއްޔެ ޖެއްސުމުން މިއަހަރުގެ ހައްޖު މޫސުން ވަނީ ފެށިފައެވެ. ހައްޖު ވުމަށް މިއަހަރު ދިއަ ފުރަތަމަ ޖަމާއަތަކީ ޕާކިސްތާނުގެ ޖަމާއަތަކަށް މިވަނީ ވެފައެވެ.

މިޖަމާއަތަށް މަރުހަބާ ކިޔުމަށް މަދީނާ އެއާޕޯޓުގައި ވަނީ ޚާއްޞަ ރަސްމިއްޔާތެއް ބާއްވައިފައެވެ.

މީގެ އިތުރުން ޕާކިސްތާނުގެ 253 ހައްޖުވެރިން ގޮވައިގެން އައި ފްލައިޓެއް އިއްޔެ ވަނީ ޖިއްދާ އެއާޕޯޓަށް ޖައްސައިފައެވެ. އެކި ޤައުމުތަކުން 1954 ހައްޖުވެރިން އިއްޔެ ސައުދިއަރަބިޔާއަށް ވަނީ ގޮސްފައެވެ.
މިއަދު އޮންލައިން