އެގޮތުން ފިރިހެނުންނަށް ޚާއްޞަކޮށްގެން ވެޓެރަންސް ވޮލީ މުބާރާތަކާއި ނިޝާނާ ކަޕްގެ ނަމުގައި އަންހެނުންނަށް ޚާއްޞަކޮށްގެން ވޮލީ މުބާރާތެއް ވަނީ ފަށާފައެވެ.
ފިރިހެނުންނަށް ޚާއްޞަކޮށްގެން ބާއްވާ ވެޓެރެންސް ވޮލީ މުބާރާތުގައި ވަނީ 3 ޓީމު ބައިވެރިވެފައެވެ. އަދި ނިޝާނާ ކަޕް ވޮލީ މުބާރާތުގައިވެސް ބައިވެރިވެފައިވަނީ 3 ޓީމެވެ.
އިއްޔެއިން ފެށިގެން މި މަމަހުގެ 29 ވަނަ ދުވަހާއި ހަމައަށްދާ ކުރިއަށްދާ މި މުބާރާތްތަކުގެ ތެރެއިން ފިރިހެން ވެޓެރަންސް މުބާރާތުގެ ރޭގަނޑު ކުޅޭ އިރު، ނިޝާނާ ކަޕްގެ ކުޅުން އޮންނަނީ ހަވީރުއެވެ.
މި ދެ މުބާރާތުގެ ތެރެއިން ވެޓެރަންސް މުބާރާތަކީ މާޅޮހު ޒުވާނުން ފަރާތުން ބާއްވާ މުބާރާތެކެވެ. އަދި ނިޝާނާ ކަޕަކީ މާޅޮހުގެ ޒުވާން އަންހެން ކުއްޖެއްގެ އިސްނެގުމާއެކު، މާޅޮހު ޒުވާނުންގެ އެހީތެރިކަމާއެކު ކުރިއަށްދާ މުބާރާތެކެވެ.