އެންމެފަހުން އަވަހާރަވި ސައުދީ ރަސްގެފާނު ޢަބްދުﷲ ބިން ޢަބްދުލްޢަޒީޒްގެ ނަންފުޅުގައި ސުދާނުގައި އަވަށެއް ބިިނާކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
ސޫދާނުގެ ރެޑްކްރެސެންޓުން ބަލަހައްޓާ މިމަޝްރޫއު ކުރިއަށް ގެންދަނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. އެއިގެތެރެއިން ފުރަތަމަ ފިޔަވަހީގައި ހިމެނެނީ 240 ޢާއިލާއަށް ދިރިއުޅެވޭނެ 120 ގެ އާއި 2 ސްކުލާއި އެހެނިހެން ވަސީލަތްތަކެވެ. ދެވަނަ ފިޔަވަހީގައި ހިމެނެނީ 460 ޢާއިލާއަށް ދިރިއުޅެވޭނެ 230 ގެ އާއި ބޭނުންވާނެ އިތުރު ވަސީލަތްތަކެވެ. އެއިގެތެރޭގައި 20 ހެލްތް ކްލިނިކް ވެސް ހިމެނެއެވެ.
1.95 މިލިއަން ޑޮލަރު ޚަރަދުކުރާ މި މަޝްރޫއުގެ ބޭނުމަކީ ހަނގުރާމައިގެ ސަބަބުން ގެދޮރުގެއްލި ނިކަމެތިވެފައިވާ މީހުންނަށް ބޯހިޔާވަހިކަން ފާރުކޮށްދިނުމެވެ.