މިޞުރުގެ ރިޒޯޓެއްގަ ވަޅި ހެރި ޗެޒް ރިޕަބްލިކްގެ އަންހެން ފަތުރުވެރިއަކު މަރުވެއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 27ސ
މިޞުރުގެ ރިޒޯޓެއްގަ ވަޅި ހެރި ޗެޒް ރިޕަބްލިކްގެ އަންހެން ފަތުރުވެރިއަކު މަރުވެއްޖެ
މިޞުރުގެ ރިޒޯޓެއްގަ ވަޅި ހެރި ޗެޒް ރިޕަބްލިކްގެ އަންހެން ފަތުރުވެރިއަކު މަރުވެއްޖެއެވެ.

މިޞުރުގެ ރެޑް ސީ ސަރަހައްދުގެ ރިޒޯޓެއް ކަމަށްވާ ހުރިޣާދާ ރިޒޯޓުގައި މީހަކު ވަނީ ވަޅިހަރައި ފަތުރުވެރިންތަކެއް ޒަޚަމްކޮށްލައިފައެވެ. އެއިގެތެރޭގައި ޖަރުމަނުގެ 4 ފަތުރުވެރިންވެސް ހިމެނެއެވެ.

މި ރިޒޯޓުގައި ވަނީ މީގެ އަހަރެއްހައި ދުވަސްކުރިންވެސް ބޭރުގެ ފަތުރުވެރިންނަށް އަމާޒުކޮށްގެން މިފަދަ ހަމަލާއެއް ދީފައެވެ. މިޞުރުގައި ހިންގަމުން ގެންދާ މިފަދަ ޖަރީމާތަކުގެ ސަބަބުން އެޤައުމުގެ ފަތުރުވެރިކަމަށް ދަނީ ނުރަނގަޅު އަސަރުތަކެއް ކުރަމުންނެވެ.
މިއަދު އޮންލައިން