ޔޫއޭއީގައި މޫސުން ގޯސްވެ މަހުގެ ބާވަތްތަކުގެ އަގު ދެގުނައަށްވުރެ މައްޗަށް އުފުލިއްޖެއެވެ. މިއީ އެންމެ ހޫނު ގަދަ މޫސުމުގައިވެސް މަހުގެ އަގުތައް އުފުލިގެން ނުދާ މިންވަރެކެވެ.
ހޫނުމިން މިހާރުވެސް ވަރަށް ގަދައެވެ. މަސްވެރިންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ މޫސުން ގޯސްވުމުގެ ސަބަބުން މަހަށް ނުދެވުމެވެ.
ޔޫއޭއީގެ މަސްވެރިން ވެސް ބުނާ ގޮތުގައި ހޫނު ގަދަވުމުން މަސްތައް އަޑިއަށްދެއެވެ. އެހެންކަމުން މަސްވެރިކަން ކުރަން މިދުވަސްވަރު ވަނީ ވަރަށް ބޮޑެތި ދަތިތައް ކުރިމަތިވެފައެވެ.
ޔޫއޭއީގެ ރައްޔިތުންނަކީވެސް ތާޒާ މަސް ކެއުމަށް އިސްކަންދޭ ބައެކެވެ. އެހެންކަމުން ގަނޑުކުރި މަސް ބޭނުންކުރަނީ މަދުބައެކެވެ.