2 ހަފްތާއަށްފަހު މަސްޖިދުލްއަޤްޞާގަ މިއަދުގެ ޢަޞްރުނަމާދުކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 53ސ
2 ހަފްތާއަށްފަހު މަސްޖިދުލްއަޤްޞާގަ މިއަދުގެ ޢަޞްރުނަމާދުކޮށްފި
މިމަހުގެ 14 ވަނަ ދުވަހު ޔަހޫދީން އަމިއްލައަށް މަސްޖިދުލްއަޤްޞާގައި ހަމަނުޖެހުން ހިންގުމަށްފަހު އެކަން މުސްލިމުންގެ ބޮލުގައި އަޅުވައި މަސްޖިދުލްއަޤްޞާ ބަންދުކުރިފަހުން އެތަނުގައި ނަމާދުނުކުރެވި އޮތުމަށްފަހު މިއަދުގެ ޢަސްރު ނަމާދު ޖަމާއަތުގައި ކޮށްފިއެވެ.

މުސްލިމުން މަސްޖިދުލްއަޤްޞާގައި މިއަދުގެ ޢަޞްރު ނަމާދުކުރީ ޔަހޫދީން އެތަނުގައި ހަރުކުރި އާލާތްތައް ކުއްލި ގޮތަކަށް ނެގުމުން ކަމަށް ޚަބަރުތައް ބުނެއެވެ.

ޔަހޫދީން އެތަނުގައި އާލާތްތައް ހަރުކުރުމުން މުސްލިމުން ނަމާދުކުރަމުން އައީ މަގުތަކާއި ހާމަތަންތަނުގައެވެ. އާލާތްތައް ހުއްޓައި އެތަނުގައި ނަމާދު ނުކުރުމަށް ދީނީ އިލްމުވެރިން ގޮވާލެއްވުމުން މުސްލިމުން ވަނީ އެކަމަށް އިޖާބަދީފައެވެ.

މަސްޖިދުލްއަޤްޞާ ބަންދުކުރުމާއި ގުޅިގެން ހިނގި ހަމަނުޖެހުންތަކުގައި 4 މީހަކު ވަނީ ޝަހީދުވެފައެވެ. އެތައް ބަައަކަށް ވަނީ ބޮޑެތި އަނިޔާތައް ލިބިފައެވެ.

ޔަހޫދީން މަސްޖިދުލްއަޤްޞާ ބަންދުކުރީ އެތަނުގެ ތެރެއިން ޔަހޫދީ ސިފައިންގެ ގައަށް ބަޑިޖެހިކަމަށް ބުނެއެވެ. ނަމަވެސް އެކަމަކީ ޔަހޫދީން އަމިއްލައަށް ކުރިކަމަކަށްވާތީ އެކަން ކުރި މީހަކު ވަނީ އަދިވެސް ނުދެއްކިފައެވެ.
މިއަދު އޮންލައިން