ހަތަރުސަތޭކަ މީޓަރ ފްރީ ސްޓައިލްގެ ޤައުމީ ރެކޯރޑް މުބާލް އައުކޮށްފި

ކިޔުމަށް ހޭދަވާނީ 49ސ
ހަތަރުސަތޭކަ މީޓަރ ފްރީ ސްޓައިލްގެ ޤައުމީ ރެކޯރޑް މުބާލް އައުކޮށްފި
ހަތަރުސަތޭކަ މީޓަރ ފްރީ ސްޓައިލްގެ ޤައުމީ ރެކޯރޑް މުބާލް ޢައްޒާމް އިބްރާޙީމް އައުކޮށްފިއެވެ.

އޭނާ މި ރެކޯޑް އައުކުރީ ހަންގޭރީގެ ބުޑަޕެސްޓްގައި މިހާރު ހިނގަމުންދާ 17 ވަނަ ފީނާ ވަރލްޑް ޗެމްޕިއަންޝިޕްގައި 400 މީޓަރު ފްރީސްޓައިލް އިވެންޓުގައެވެ.

ޤައުމީ ރެކޯޑް މުބާލް އައު ކޮށްފައިވަނީ 04:51.57 އިން ރޭސްފުރިހަމަކޮށްގެންނެވެ.

400 މީޓަރ ފްރީސްޓައިލް އިވެންޓްގެ ޤައުމީ ރެކޯރޑް އެންމެފަހުން އައުކޮށްފައިވާ އިސްމާޢީލް މުޢުތަސިމް އަދުނާން 2015 ވަނަ އަހަރު ރީޔޫނިއަންގައި ބޭއްވި 9 ވަނަ އިންޑިއަން އޯޝަން އައިލަންޑް ގޭމްސްގައި 05:00.65 އިން ރޭސް ފުރިހަމަކޮށްގެންނެވެ.

މިމަހު 14 ވަނަ ދުވަހު ބުޑަޕެސްޓްގައި ފެށި 17 ވަނަ ފީނާ ވަރލްޑް ޗެމްޕިއަންޝިޕްސްގައި ރާއްޖެ ތަމްސީލުކުރަނީ މުބާލް ޢައްޒާމް އިބުރާޙީމް އާއި އިސްމާޢީލް މުޢުތަސިމް އަދުނާން އާއި އައިމިނަތު ޝަޖަން އަދި އައިޝަތު ސާޖިނާ އެވެ.

މިއަދު އޮންލައިން