ބ. މާޅޮހުގައި މިހާރު ކުރިއަށްދާ މާޅޮސް ވެޓެރަންސް ވޮލީ މުބާރާތުގައި ކަންނެލި ޓީމާއި ރާގޮނޑި ޓީމުން ފެށުން ރަނގަޅުކޮށްފިއެވެ.
ފުރަތަމަ މެޗުގައި ބައްދަލުކުރީ ޓީމު ކަންނެލި އަދި ޓީމު ރާގޮނޑިއެވެ. މިމެޗު 2 ސެޓު 1 ސެޓުން ކާމިޔާބުކުރީ ޓީމު ކަންނެއްޔެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވުނީ ޓީމު ރާގޮނޑީގެ ޒަކަރިއްޔާ ޙަމީދެވެ.
ދެވަނަ މެޗުގައި ބައްދަލުކުރީ ޓީމު ރާގޮނޑި އާއި ޓީމު ލައްޓިއެވެ. މިމެޗު 2 ސެޓު 1 ސެޓުން ކާމިޔާބުކުރީ ޓީމު ރާގޮނޑިއެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވުނީ ޓީމު ރާގޮނޑީގެ އިބްރާހިމް ޚަލީލެވެ.
މި މުބާރާތަކީ މިއަހަރުގެ މިނިވަން ދުވަހުގެ މުނާސަބާއާއި ގުޅުވައިގެން ރަށުގެ ޒުވާނުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ މުބާރާތެކެވެ.