ނަވާޒް ޝަރީފް މަޤާމުން ދުރުކުރުމުން އިދިކޮޅު ފަރާތްތަކުން މަގުތަކުގައި ޢީދު ފާހަގަކޮށް ފޮނިކާތަކެތި ބަހައިފި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 46ސ
ނަވާޒް ޝަރީފް މަޤާމުން ދުރުކުރުމުން އިދިކޮޅު ފަރާތްތަކުން މަގުތަކުގައި ޢީދު ފާހަގަކޮށް ފޮނިކާތަކެތި ބަހައިފި!
ޕާކިސްތާނުގެ ބޮޑުވަޒީރުކަމުގައި ހުރި ނަވާޒް ޝަރީފް އެޤައުމުގެ ސްޕްރީމް ކޯޓުން މިއަދު މަޤާމުން ވަކިކުރުމުން އިދިކޮޅު ފަރާތްތަކުން ޢީދެއްގެ ގޮތުގައި އެކަން ފާހަގަކޮށް މަގުތަކުގައި ފޮނިކާތަކެތި ބަހައިފިއެވެ.



ޕާކިސްތާނުގެ ހުރިހާ ސްޓޭޓްތަކެއްގައިހެން މިފަދަ ހަރަކާތްތައް ކުރިއަށް ގެންދިއައެވެ. ނަމަވެސް ނަވާޒް ޝަރީފަށް އެންމެ ތާއީދު ބޮޑު ޕަންޖާބް ޕްރޮވިންސްގައި ވަނީ ނަވާޒް ޝަރީފުގެ ސަޕޯޓަރުންނާއި އިދިކޮޅު ފަރާތްތަކާއިމެދު ކުރިމަތިލުންތައް ހިނގައިފައެވެ.



ނަވާޒް ޝަރީފް މަގާމުން ވަކިކުރުމުން ޕާކިސްތާނުގައި އިތުރު ބައެއް ހަމަނުޖެހުންތައް ހިނގާފައިވާނެކަމަށް ބެލެވުނު ނަމަވެސް ނަވާޒް ޝަރީފުގެ ވެރިކަމުގައި ހިނގާފައިވާ ކޮރަޕްޝަނުގެ އަމަލުތައް ގިނަކަމުން ރައްޔިތުންގެ ތާއީދު ވަނީ އޭނާއަށް ގެއްލިފައެވެ.



ސާކުގެ ތާރީޚަށް ބެލިނަމަވެސް މިކަން ވެގެންދާނީ ތާރީޚީ ކަމަކަށެވެ. ވެރިއެއްގެ ކޮރަޕްޝަން ބޮޑުވެ ސްޕްރީމް ކޯޓުން އޭނާ މަޤާމުން ވަކިކުރަންޖެހުމަކީ މިހައިތަނަށް ހިނގާފައިވާ ކަމެއް ނޫންކަމަށް ބެލެވެއެވެ.
މިއަދު އޮންލައިން