ބ. އަތޮޅު އިންޓަރ އޮފީސް ބެޑްމިންޓަން މުބާރާތުގެ ޗެމްޕިއަންކަން ތަޢުލީމީ މަރުކަޒު ހޯދައިފިއެވެ.
މި މުބާރާތުގެ ޗެމްޕިއަންކަން އެޓީމުން ހޯދީ ފައިނަލުގައި ބ. އަތޮޅު ކައުންސިލު އިދާރާގެ ޓީމާއި ބައްދަލުކޮށް މެޗު ކާމިޔާބުކޮށްގެންނެވެ.
ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗު އެޓީމުން ކާމިޔާބުކުރީ ޓައިގައި ކުޅުނު 7 މެޗުގެ ތެރެއިން 4 މެޗުން މޮޅުވެގެންނެވެ.
މި މުބާރާތުގެ އެކިވަނަތަކަށް ދިޔަ ފަރާތްތަކަށާއި ޗެމްޕިއަން ޓީމަށް ޓްރޮފީއާއި މެޑަލް އަދި ފައިސާގެ އިނާމު ހަވާލުކޮށްދެއްވީ ޝަރަފްވެރި މެހްމާން ބ. އަތޮޅު ހޮސްޕިޓަލުގެ ކޮމިޔުނިޓީ ހެލުތު އޮފިސަރ ސިދުޤީ ޢަބްދުﷲ އެވެ.
މުބާރާތުގެ އެންމެމޮޅު އަންހެން ކުޅުންތެރިއަކަށް ހޮވުނީ އަތޮޅު ކައުންސިލު ޓީމުގެ ރާނީ އަހްމަދު ނާސިދުއެވެ. ފިރިހެން ކުޅުންތެރިއަކަށް ހޮވުނީ ތަޢުލީމީ މަރުކަޒުގެ ޓީމުގެ އާސިފު އާދަމް މަނިކު އެވެ.