އިންޑިއާގެ ނޫހެއް ކަމަށްވާ ހިންދުސްތާން ޓައިމްސްގައި ބުނެފައިވާ ގޮތުގައި އިއްޔެ ފެނިފައިވާ މި ހަށިތަކަކީ މީގެ 50 އަހަރު ކުރިން ވެއްޓިފައިވާ އެއަރ އިންޑިއާގެ މަތިންދާ ބޯޓުން ދަތުރުކުރި ޕަސެންޖަރުންކަމަށް ބެލެވޭ ކަމަށެވެ.
އެ ހަށިތައް ނަގާ، ޑީއެންއޭ ހެދުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.
117 މީހުންނާއެކު 1966 ވަނަ އަހަރުގެ ޖެނުއަރީ މަހު ބޮމްބޭ އިން ނިއުޔޯކަށް ދަތުރުކުރި އެއަރ އިންޑިއާ ބޮއިންގ 707ގެ މަތިންދާ ބޯޓުވެއްޓި އެއިން ދަތުރުކުރި އެންމެން ވަނީ މަރުވެފައެވެ. އަދި 1950 ވަނަ އަހަރުވެސް ވަނީ އެއަރ އިންޑިއާގެ މަތިންދާ ބޯޓެއް ވެއްޓި އެއިން ދަތުރުކުރި 48 މީހަކު ވަނީ މަރުވެފައެވެ.
އެ ހަށިތައް ފެނުނު ސަރަހައްދު އިތުރަށް ބަލައޮ ފާސްކުރަމުން އަންނަ އިރު، މިކަމާއިބެހޭ އިތުރު މަޢުލޫމާތު ހާމަކޮށްފައެއް ނުވެއެވެ.