ބ. މާޅޮހުގައި މިހާރު ކުރިއަށްދާ މާޅޮސް ވެޓެރަންސް ވޮލީ މުބާރާތުގެ ތިންވަނަ މެޗު ޓީމު ލައްޓި ކާމިޔާބުކޮށްފިއެވެ.
އެޓީމުން މި މެޗު ކާމިޔާބުކުރީ ކަންނެލި ޓީމާއި ވާދަކޮށް 2 ސެޓު 1 ސެޓުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޖައުފަރު މުޙައްމަދެވެ.
މި މުބާރާތަކީ މާޅޮހުގެ ޒުވާނުން އިންތިޒާމުކޮށްގެން، މިއަހަރުގެ މިނިވަން ދުވަހާއި ގުޅުވައިގެން ކުރިއަށްގެންދާ މުބާރާތެކެވެ.