އެގޮތުން ސައިކަލަކާއެކު ތައްޔާރުކޮށްފައިވާ މި އެމްބިއުލަންސްގެ ޑެމޯއެއް ވަނީ ދައްކާލާފައެވެ.
އިންޑިއާގެ ޗެނަލްއެއް ކަމަށްވާ ނިއުސް 18 އިންޑިއާއިން ބުނީ މިއީ ތޮށްޖެހިފައިވާ ތަންތަނަށް އެމްބިއުލަންސް ވަނުމަށް ދަތިތަކާއި ކުރުމަތިވަމުން އަންނާތީ އެކަމަށް ހައްލެއް ގެނައުމަށް ތަޢާރަފްކުރާ އުޅަނދެއް ކަމަށެވެ.
ބައިކް އެމްބިއުލަންސްއަކީ ސައިކަލެއްގެ އެއްފަރާތުގައި ކުޑަ ގެގަނޑެއްގޮތަށް ހިޔާކޮށްފައިވާ ތަނެއްހަދާ، ދަމާލެވޭގޮތަށް އެނދެއް ލާފައި ހުންނަ ސައިކަލެކެވެ. އަދި މި އެމްބިއުލަންސް ތައްޔާރުކޮށްފައިވަނީ ކުއްލި ހާލަތްތަކުގައި ބޭނުންކުރާ ހުރިހާ ޒާތެއްގެ ބޭސްފަދަ ތަކެއްޗާއި ސްޓްރެޗަރއެއްވެސް ލާފައެވެ.
މީގެ އިތުރުން ބަލިމީހާއަށް ބޭނުންވާ އޮކްސިޖަންފަދަ ތަކެތިވެސް ރައްކާކުރެވޭ އިރު، މިއީ ސައިކަލެއް ކަމަށްވާތީ މީގައި ދަތުރު ކުރެވޭނީ ދެ މީހުންނަށެވެ. އެހެންކަމުން ސައިކަލް ދުއްވަން އެނގޭ ޑޮކްޓަރެއް ނުވަތަ ނަރުހެއްގެ ބޭނުން ހިފަންޖެހޭނެއެވެ.
ރާއްޖޭގެ ފުރަމާލެއަކީވެސް ތޮށްޖެހި މަގުތަކުގައި ކާރޫބާރޫ ބޮޑު ޤައުމަކަށްވާތީ، މިއީ ރާއްޖޭގެ ޚާއްޞަކޮށް މާލޭގެ މާޙައުލާވެސް ވަރަށް ގުޅޭ އެއްޗެއްކަމަށް ބެލެވެއެވެ.